ގާޑިއޯލާ ބުނީ ޝަކުވާނުކޮށް ޒިންމާނެގުން ނޫން ގޮތެއް ނެތް ކަމަށް

Dec 16, 2024, 9:38 AM
ގާޑިއޯލާ ބުނީ ޝަކުވާނުކޮށް ޒިންމާނެގުން ނޫން ގޮތެއް ނެތް ކަމަށް

މެންޗެސްޓާ (ޑިސެމްބަރު 16) - މެންޗެސްޓާ ސިޓީ މި ވަގުތު އޮތް ދަށް ފޯމުގެ ޒިންމާ އަމިއްލަ އަށް ނަގަން ޖެހޭ ކަމަށާއި ކަންކަމުގެ ޝަކުވާނުކޮށް، މަސައްކަތްކޮށްގެން ހާލަތު ބަދަލުކުރުން ނޫން ގޮތެއް ނެތް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި، 88 ވަނަ މިނިޓާ ހަމައަށް އޮތީ 1-0 އިން ކުރީގަ އެވެ. އެކަމަކު، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އޭގެ ފަހުން ދެ ގޯލު ޖަހައި، 2-1 އިން ސިޓީ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު، އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ސިޓީ ބަލިވިއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

މިއީ، ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާގެ ވިއްސަކަށް އަހަރުވީ ކޯޗިން ކެރިއަރުގައި ކުރިމަތިލާން ޖެހިފައިވާ ހާލަތެއް ނޫނެވެ.

"އަހަންނަށް ރަނގަޅަށް ކަންކަން ނުކުރެވެނީ، އަހަންނަކީ ބޮސް. އަހަންނަކީ މެނޭޖަރު (ކޯޗު) ހައްލު ހޯދަން ޖެހެނީ އަހަރެން. އަދި އަހަންނަށް އެކަން ނުކުރެވި މި އޮތީ، ސާފުކޮށް ފެންނަން އޮތް ހަގީގަތަކީ މިއީ،" ގާޑިއޯލާ ބުންޏެވެ.

"ދެއްކޭނެ އިތުރު ވާހަކަތަކެއް ނެތް. ޑިފެންސެއް ނެތް. މެންޗެސްޓާ ޔުނައިޓެޑް ކުޅުނީ ވިސްނުންތެރިކަމާ އެކު ރަނގަޅަށް. މިދިޔަ ދެ އަހަރު ވެސް އަހަރެމެން އަށް މެޗުން ބައްޔެއް ނުވޭ. އެކަމަކު މިހާރު މި އޮތީ އެ ކަން ކުރިމަތީގައި. މި ކަމުން ސަލާމަތްވާން ކުރެވޭނެ ޝަކުވާއެއް ނެތް،"

އެންމެ ފަހުން ހަތަރު ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އަށް މި ފަހަރު ތަށި ދިފާއުކުރެވޭނެތޯ ސުވާލުކުރުމުން ގާޑިއޯލާ ބުނީ މިއީ އެ ވާހަކަ ދެއްކޭނެ ހާލަތެއް އޮތް ވަގުތެއް ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox