ދައުލަތުގެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާން ހާމަނުކުރޭ

ޕީސީބީ ހުންނަ ފިނޭންސް މިނިސްޓްރީ އިމާރާތުގެ ނަން ބޯޑު: ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި އިދާރާއަކީ ޕީސީބީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޕީސީބީ ހުންނަ ފިނޭންސް މިނިސްޓްރީ އިމާރާތުގެ ނަން ބޯޑު: ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި އިދާރާއަކީ ޕީސީބީ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކުލަވާލާފައިވާ ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ކޯޑް އޮފް ކޮންޑަކްޓުގައި ބުނާ ގޮތަށް ގިނަ ކުންފުނިތަކުގެ ޑިރެކްޓަރުން މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެ އެވެ.

ޕީސީބީގެ ކޯޑް އޮފް ކޮންޑަކްޓުގައި އޮންނަނީ، ކޮންމެ އަހަރެއްގެ ޖެނުއަރީ 31، ގެ ކުރިން، ޑިރެކްޓަރުންގެ ފާއިތުވީ އަހަރުގެ މާލީ ބަޔާން ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރުމުގެ އިތުރުން، ޕީސީބީއާ ލިޔުމުން ހިއްސާކުރަން ވާނެ ކަމަށެވެ. ނަމަވެސް "އަދަދު" އިން ބެލި އެއްވެސް ކުންފުންޏެއްގެ ވެބްސައިޓުން މި ބަޔާންތަކެއް ފެންނާކަށް ނެތެވެ.

ޑިރެކްޓަރުންގެ މާލީ ބަޔާންތަކާ ގުޅޭ ގޮތުން ޕީސީބީއާ ސުވާލުކުރުމުން، އެ ބޯޑުގެ ސެކެޓްރީ ޖެނެރަލް އަހުމަދު ޔާމީން ވަނީ މަދު ކުންފުނިތަކަކުން މާލީ ބަޔާންތައް ހާމަކުރި ނަމަވެސް، ގިނަ ކުންފުނިތަކުން މި ބަޔާންތައް އާންމުނުކުރާ ކަން މި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.

"ބައެއް ކުންފުނިތަކުން [މާލީ ބަޔާންތައް ވެބްސައިޓުގައި ހާމަކޮށްފައި] އެބަހުރި، ވަރަށް މަދުން. ދެން އެހެން ނަމަވެސް އެހެން ކުންފުނިތަކުން އެގޮތަށް އާންމުކޮށްފައި ނެތީމައި އަޅުގަނޑުމެން ވާނެ އަންގާފައި. ދެން ބައެއް ކުންފުނިތަކުން އަޅުގަނޑުމެންނަށް ފޮނުވާފައި އެބަހުރި، ބޮޑަށް ހުރީ ވެސް ޕަބްލިޝްކޮށްފަ ހުރި ކުންފުނިތަކުން،" އޭނާ ވިދާޅުވި އެވެ.

ޕީސީބީގެ އުސޫލާ އެއް ގޮތަށް އަމަލުނުކުރާ ކުންފުނިތަކާ މެދު އަމަލުކުރަމުންދަނީ ކޮން ގޮތަކަށްތޯ ސުވާލުކުރުމުން ޔާމީން ވިދާޅުވީ މާލީ ބަޔާންތައް ހާމަކުރަން ހުރިހާ ކުންފުނިތަކެއްގައި އެދިފައި ވާނެ ކަމަށެވެ. އެ ބޯޑުން އިތުރު ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.

މާލީ ބަޔާންތަކުގައި ހިމަނަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ޑިރެކްޓަރުންގެ އަނބިންނާއި ފިރިންނާއި ދަރިންގެ މައުލޫމާތާއި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަދާކުރި ވަޒީފާތަކާއި އަނބިންނާއި ފިރިންނާއި ދަރިންނަށް އަހަރުގެ ތެރޭގައި ލިބުނު ފައިސާގެ އިތުރުން ބޭންކު އެކައުންޓުތަކުގެ ތަފުސީލުތައް ހިމެނެ އެވެ.

އޭގެ އިތުރުން މި އެންމެނަށް ނަގުދުގެ ގޮތުގައި ލިބި ބޭންކު އެކައުންޓަށް ޖަމާނުކުރާ ފައިސާ އާއި ކްރެޑިޓު ކާޑުތަކުގެ ތަފުސީލުތަކާއި ނަގާފައިވާ ލޯނުތަކުގެ އިތުރުން ލޯނުގެ ގޮތުގައި ދޫކޮށްފައި ހުރި ފައިސާ އާއި ލިބިފައިވާ އެހީ އާއި ހަރުމުދަލުގެ ތަފުސީލާއި ހިއްސާވާ ވިޔަފާރިތައް ވެސް މާލީ ބަޔާނުގައި ހިމަނަން ޖެހެ އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ މާލީ ބަޔާންތައް ހާމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ މުހިންމުކަން ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ޖަވާބުދާރީވުމާއި، ހާމަކަން ބޮޑުކުރުމާއި، އަދި ރަނގަޅު ގަވަނަންސްއާ ގުޅިފައިވާ ސަބަބުތަކަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށާއި އިންވެސްޓަރުންގެ އިތުބާރު އުފައްދައި ދަމަހައްޓަން ވެސް މި ބަޔާންތަކުން މުހިންމު ރޯލެއް އަދާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox