ޔުނައިޓެޑުން ސިޓީ ހާސްކޮށްލިއިރު، ޗެލްސީން ފަރަގުކުޑަކޮށްފި

Dec 15, 2024, 9:31 PM
ޔުނައިޓެޑުން ސިޓީ ހާސްކޮށްލިއިރު، ޗެލްސީން ފަރަގުކުޑަކޮށްފި

ލަންޑަން (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކޮށް އެ ޓީމު ހާސްކޮށްލިއިރު، ޗެލްސީން 2-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ފަރަގުކުޑަކޮށްފި އެވެ.

ސިޓީ މި ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އަށް ވަނަ މެޗުން ބަލިވެފަ އެވެ. ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ މި ވަގުތު ފަސް ވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓާ އެކު އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި ޖެހިޖެހިގެން ފަސް ވަނަ މެޗުން މޮޅުވި، ޗެލްސީން ވަނީ 16 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އާސެނަލަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 16 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

Advertisement

އަމިއްލަ ދަނޑުގައި ކުޅުނު ސިޓީން ފުރަތަމަ ހާފުގައި ޖޮސްކޯ ގްވާޑިއޯލް ބޮލުން ޖެހި ގޯލުން ލީޑުނެގިއިރު، މެޗުގެ ބޮޑުބައި އެ ޓީމު އޮތީ ކުރީގަ އެވެ. އެކަމަކު، ހުރިހާ ކަމެއް ބަދަލުވެގެންދިޔައީ، މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ދެ މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ 88 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ވަނީ ޕެނަލްޓީ އަކުން އެއްވަރުކޮށްފަ އެވެ. އޭގެ އިރުކޮޅެއް ކުރިން ފެނާންޑޭސަށް ލިބުނު ފުރުސަތެއް ވަނީ ނަގާލައިފަ އެވެ. ޔުނައިޓެޑަށް ޕެނަލްޓީ ހޯދައިިދިން އަމަދު ޑިއާލޯ ވަނީ މެޗުގެ 90 ވަނަ މިނިޓްގައި ގޯލު ޖަހައި، އެ ޓީމު މޮޅުކޮށްދީފަ އެވެ.

ޔުނައިޓެޑުން އަލެހަންދްރޯ ގާނާޗޯ އާއި މާކަސް ރެޝްފޯޑް ސްކޮޑަށް ވެސް ނުނަގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް މި ވަނީ ވާދަވެރި ސިޓީ ބަލިކޮށްފަ އެވެ. އަމޮރިމް އަކީ އެއް ސީޒަނެއްގައި ތަފާތު ދެ ޓީމެއްގައި ހުރެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބަލިކުރި ފުރަތަމަ ކޯޗެވެ. ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ސްޕޯޓިން ލިޒްބަންގައި ހުރެ ވެސް އަމޮރިމް ވަނީ ސިޓީ ބަލިކޮށްފަ އެވެ.

މި މޮޅާ އެކު، ޔުނައިޓެޑް އޮތީ، 16 މެޗުން 22 ޕޮއިންޓާ އެކު، 13 ވަނައިގަ އެވެ.

ބްރެންޓްފޯޑް ކޮޅަށް ފުރަތަމަ ހާފުގައި ޗެލްސީން ލީޑުނެގީ މާކް ކުކުރޭލާ ޖެހި ގޯލުންނެވެ. ޗެލްސީގެ ކޯޗު ރޮބާޓް ސަންޗޭޒް އެ ޓީމު ލީޑުގައި ބާއްވަން ރަނގަޅު ހަމަލާތަކެއް ހުއްޓުވިއިރު، ޗެލްސީން ވަނީ ނިކޮލަސް ޖެކްސަން ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ ބްރަޔާން އެމްބުއޭމޯ އެވެ.

މި މެޗު ނިމުނު ފަހުން ހިނގައިދިޔަ ކަމެއްގެ ސަބަބުން ޗެލްސީގެ ކުކުރޭލާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ޓޮޓެންހަމް އިން ވަނީ ސައުތެމްޓަން ދަނޑުގައި، ފުރަތަމަ ހާފުގައި ޖެހި ފަސް ގޯލާ އެކު، 5-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ޖޭމްސް މެޑިސަން ދެ ގޯލާއި ސޮން ހެއުން މިން، ޕަޕޭ ސާ އަދި ޑޭޖާން ކުލުސެވްސްކީ އެވެ.

މި މޮޅާ އެކު، ޓޮޓެންހަމް އޮތީ 16 މެޗުން 23 ޕޮއިންޓާ އެކު، 10 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox