ރެކޯޑަކާ އެކު އެޓަލަންޓާ އިން އެއް ވަނަ މަަަގާމު ދަމަހައްޓައިފި

Dec 15, 2024, 6:07 AM
ރެކޯޑަކާ އެކު އެޓަލަންޓާ އިން އެއް ވަނަ މަަަގާމު ދަމަހައްޓައިފި

ރޯމް (ޑިސެމްބަރު 15) - އިޓާލިއަން ލީގުގައި ރޭ ކަލިއަރީ ކައިރިން 1-0 އިން ކުރިހޯދައި، އެޓަލަންޓާ އިން އެ ކްލަބްގެ ތާރީހުގައި ފުރަތަަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން 10 މޮޅު ހަަމަކޮށް ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފި އެވެ.

ލީގުގެ އެއް ވަނައިގައި އެޓަލަންޓާ އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަޕޯލީން ވަނީ ރޭ އުދިނޭޒީ ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ. ނަޕޯލީ އަށް 16 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.

އެޓަލަންޓާ އިން ކަލިއަރީ ދަނޑުގައި އެ ޓީމު ބަލިކުރި މެޗުގައި ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ގޯލު ކާމިޔާބުކުރީ ނިކޯލޯ ޒަނިއޯލޯ އެވެ.

މި މެޗުގައި އެޓަލަންޓާގެ ފަރާތުން ފެނުނު ކުޅުމާ މެދު ޖުމްލަ ގޮތެއްގައި ބަލާނަމަ ހިތްހަމަނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޖިއަންޕިއޭރޯ ގަސްޕެރިނީ ވަނީ ބުނެފަ އެވެ. އެކަމަކު، ނަތީޖާ ނެރުމުގައި ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށާއި އެކަމަކު، ލީގުގެ އެއް ވަނައިގައި ކުރިއަށްދާނަަމަ ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް ގަސްޕެރިނީގެ ވާހަކައިގައި ފާހަގަކުރި އެވެ.

އުދިނޭޒީން ފްލޯރިއަން ތޯވާންގެ ގޯލުން ލީޑުނެގިއިރު، އޭނާ އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ. ނަޕޯލީ ފަހަތުން އަރައި މޮޅުވިއިރު، ލަނޑުތައް ޖެހީ ރޮމެލޫ ލުކާކޫ އާއި އަންޑްރޭ ފްރޭންކް ޒަމްބޯ އަންގީސާ އެވެ. އަނެއް ލަނޑަކީ އުދިނޭޒީގެ ލައުޓާރޯ ޖިއަނެއްޓީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔުވެންޓަސް ވަނީ ރޭ ކުޅުނު މެޗުގައި، އަމިއްލަ ދަނޑުގައި ވެނެޒިއާއާ 2-2 އިން އެއްވަރުވެފަ އެވެ. ޔުވެންޓަސް އިން ފެޑެރީކޯ ގައްޓީގެ ގޯލުން ލީޑުނަގާފައިވަނިކޮށް، ވެނެޒިއާ އިން ނަތީޖާ އަނބުރާލީ ޖޭ އިޑްޒެސް އާއި މިކޭލް އެގީލް އެލާޓްސަން ޖެހި ގޯލުތަކުންނެވެ. ޔުވެންޓަސް ބަލިނުވެ، ސަލާމަތްވީ އިތުރު ވަގުުތުގައި ޑޫސާން ވްލާހޮވިޗް ވައްދާލި ޕެނަލްޓީންނެވެ.

ލީގުގެ ހަ ވަނައިގައި ޔުވެންޓަސް އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox