އިންޑިއާގައި މަޝްހޫރުވި ޕުޝްޕާ ފިލްމުގެ އެކްޓަރު އައްލޫ އަރުޖުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އަރުޖުން ހައްޔަރު ކުރީ ޕުޝްޕާ 2، ހައިދަރުއާބާދުގައި ޕްރިމިއާކުރި ރަސްމިއްޔާތުގައި ފިތިބާރު ވެގެން އަންހެނަކު މަރުވި މައްސަލައާ ގުޅިގެންނެ އެވެ.
އެ މައްސަލައާ ގުޅިގެން 14 ދުވަހަށް އަރުޖުން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ކަފާލާތުގެ ދަށުން ރޭ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ކަފާލާތުގެ ދަށުން ރުޖުން ދޫކޮށްލަން ހައި ކޯޓުން ނިންމީ ހަތަރު ހަފްތާއަށް 50،000 ރުޕީސްގެ ބޮންޑަކާ އެކުގަ އެވެ.
ފިތިބާރުވެގެން އަންހެން މީހާ މަރުވުން އަރުޖުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ހައި ކޯޓުން ބުނެ އެވެ.
"އޭނާއަކީ އެކްޓަރަކަށްވުމުން، އޭނާގެ ހައްގުތަކަށް ހުރަހެއް ނޭޅޭނެ. އޭނާއަށް ވެސް އާންމު ދިރިއުޅުމުގައި އެހެން މީހުންނަށް ލިބިދޭ ހައްގުތައް ލިބިގެންވޭ،" ކޯޓުން ބުންޏެވެ.
ހައިދަރުއާބާދުގައި ބޭއްވި ރަސްމިއްޔާތަށް އަރުޖުން ދިޔައީ ދުރާލައި ފުލުހުންނަށް ނާންގައި ކަމަށް ބުނަމުންދާ ރިޕޯޓުތައް އޭނާގެ ވަކީލު ވަނީ ދޮގުކޮށްފަ އެވެ.
އަރުޖުންގެ އިތުރުން މައްސަލައިގައި ހައްޔަރުކޮށް މުއްދަތު ޖެހި އިތުރު ދެ މީހުން ވެސް ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ.
އަރުޖުންއާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނުވާ ކަމަށް، މަރުވި އަންހެން މީހާގެ ފިރިމީހާ ބުނެފައިވެ އެވެ.










