އަލިފާނުގައި ގެއްލުން ލިބުނު ސާވާ ސަލާމަތް ނުކުރެވިއްޖެ ނަމަ އެއްވެސް މަޝްރޫއެއްގެ މައުލޫމާތު ލިބޭނެ ގޮތެއް ނޯންނާނެ: ހައިދަރު

ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު -- ފޮޓޯ: އަދަދު ފައިލް

ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ހުރި ސާވާއަށް އިއްޔެގެ އަލިފާނުގައި ލިބުނު ގެެއްލުމުގެ ސަބަބުން އެކްސެސް ނުވެވިއްޖެ ނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ހައިދަރު މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިއްޔެގެ އަލިފާނުގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އަނދައިގެންދިޔަ ސާވާގައި ހުރި މައުލޫމާތު ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ، ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ، ސަލާމަތް ނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ، އެހެންވެއްޖެ ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ގެއްލުމެއް، އެއީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެދިޔައީ،" ހައިދަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައުސިން މިނިސްޓްްރީގެ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މިނިސްޓްރީން ހިންގަމުންދިޔަ ހުރިހާ މަޝްރޫއުތަކެއް މައުލޫމާތު ވެސް ހުންނާނީ އެ ސާވާގައި ކަމަށެވެ. އެ ސާވާއަށް އެކްސެސް ނުލިބިއްޖެ ނަމަ ދެން އެ މައުލޫމާތުތައް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަދި އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ހަމަ ރައްކާ ކުރެވިފައި ހުންނާނީ ސާވާގައި، އެ ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ، ދެން ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި ދިޔައީ،" ހައިދަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން މިނިސްޓަރު ހައިދަރުއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ލިބޭގޮތް ވަނީ ނުވެފަ އެވެ.

ހައުސިން، އިންފްރާސްޓްރަކްޗާ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތައް އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ވަނީ އަނދާ ހުލިވެފަ އެވެ. އެއާއެކު އެ ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ތިން މިނިސްޓްރީގެ މަސައްކަތް ވެސް ވަގުތީގޮތުން އަންނަ އާދީއްތަ ދުވަހު ފެށޭގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox