އެސްޕަޔާ އަށް މެލޭޝިއާ މުބާރާތުން ފަހިވީ ފުރުސަތުތަަކެއް

އެސްޕަޔާ އަށް މެލޭޝިއާ މުބާރާތުން ފަހިވީ ފުރުސަތުތަަކެއް

ދާދި ފަހުން، މެލޭޝިއާގެ މެކްސިމް އިވެންޓްސް އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި، ރާއްޖޭގެ އެސްޕަޔާ ފުޓްބޯލް އެކެޑަމީގެ 12 އަހަރުން ދަށުގެ ދެ ޓީމު ވާދަކުރިއިރު، މި މުބާރާތުން ލިބިގެންދިޔައީ މުސްތަގުބަލެއް ބިނާކުރަން ފަހިވި ފުރުސަތެއް ކަމަށް އެސްޕަޔާ އިން ބުނެފި އެވެ.

ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް ފަދަ ގައުމުތަކުގެ އެކަޑަމީތައް ވާދަކުރި މެކްސިމް އިވެންޓްސް އިންވިޓޭޝަނަލް މުބާރާތުގައި އެސްޕަޔާގެ ދެ ޓީމެއް ވާދަކުރިއިރު، 12 އަހަރުން ދަށުގެ 30 ކުދިން މި މުބާރާތުގައި އެސްޕަޔާ އިން ކުޅެފައިވެ އެވެ. މި ކުޅުންތެރިން, ހިމެނޭ ދެ ޓީމުން ކުރެ ކޮންމެ ޓީމެއް، ޖުމްލަ އެކު، ހަ މެޗު ކުޅެފައިވާއިރު، އެސްޕަޔާގެ އެއް ޓީމު ވަނީ ޝީލްޑް ބައިން ތިން ވަނަ ހޯދައިފަ އެވެ.

އެސްޕަޔާގެ ޓެކްނިކަލް ޑިރެކްޓަރު، މުހައްމަދު ޝިޔާޒް (މޯހަން)، މުބާރާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ޖުމްލަކޮށް ބަލާއިރު، މި މުބާރާތާ މެދު ހިތްހަަމަޖެހޭ ސަބަބުތައް ގިނަ ކަމަށެވެ. އެ ގޮތުން، މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ކުދިންނަށް އެކްސްޕޯޝާ ދިނުން ކަމަށާއި އެކަން ހާސިލްވީ ވަރަށް ރަނގަޅަށް ކަމަށް މޯހަން ފާހަގަކުރި އެވެ،

"ވަރަށް ގިނަ ވަރަށް ރަނގަޅު، ވަރަށް ޓަފް މެޗުތަކެއް ކުޅެން ލިބިއްޖެ، ކުދިންނަށް މި ޑިވެލޮޕްމަންޓަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކޭ ދަންނަވާނީ، މި ކަހަލަ މުބާރާތްތައް ގިނައިން ކުޅުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ކުދިންގެ މެޗު ގިނައިން ކުޅެގެން ނޫނީ ޑިވެލޮޕް ކުރެވޭނެ ކުރިއެރުވޭނެ ގޮތެއް ނޯންނާނެ. އެ ގޮތަށް ބަލާއިރު މިއީ އަޅުގަނޑުމެންގެ އެސްޕަޔާގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް އެހެންވީމަ، ޖުމްލަކޮށް ބަލާއިރު، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވަރަށް ބޮޑު އުފަލެއް،" މޯހަން ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގައި ގިނަ އަހަރުތަކެއް މަސައްކަތްކޮށްފައިވާ މޯހަން ބުނީ، އެސްޕަޔާ އަށް މި މުބާރާތުން އެނގިގެން ދިޔަ ކަންތައްތަކަށް ބަލައި، މުސްތަގުބަލަށް ކަންކަން ރާވާނެ ކަމަށެވެ. އެ ގޮތުން، ގިނަ އުމުރުފުރާތަކަކަށް އިންޓަނޭޝަނަލް މުބާރާތް ކުޅެން ފުރުސަތު ދިނުމުގެ މުހިންމުކަން މޯހަން ފާހަގަކުރި އެވެ.

"އަހަރަކު ކޮންމެ އޭޖެއް ވެސް އެއް ފަހަރު މުބާރާތަކަށް ގެންދެވޭތޯ ބަލާނަން. މީގެއިން އަޅުގަނޑުމެންނަށް އެނގިގެންދިޔައީ ދެން ކުރިއަށް ކުރަން ޖެހޭ މަސައްކަތަކީ ކޮބައިކަން، ކުދިންގެ ޑިވެލޮޕްމަންޓްގައި ދެން ކޮން ކަމެއްތޯ އެންމެ ބޮޑަށް އަޅުގަނޑުމެން ކުރަން ޖެހޭނީ، އެކަންކަމަށް އަޅުގަނޑުމެން ފޯކަސްކުރާނަން،" މޯހަން ބުންޏެވެ.

ކުޅުންތެރިން ޑިވެލޮޕްކުރާނަމަ، ބައިނަލްއަގުވާމީ ލެވަލްގައި ޕްރެޝަރުގައި ކުޅެން ފުރުސަތު އިތުރުކުރަން ޖެހޭ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"މެޗު ނުކުޅެ ކިތަންމެ ވަރަަކަށް ކޯޗިން ނަގައިދިނަސް، ޕްރެކްޓިސް މެޗު ކުޅުނު ކަމުގައި ވިޔަސް އެ ފީލް އެއް ނާންނާނެ، އެ ޕްރެޝަރެއް ނާންނާނެ. މިހާރު އެ ޕްރެޝަރު އެ ކުދިންނަށް އެނގިއްޖެ، އެ ފީލް އެނގިއްޖެ، އަޅުގަނޑުމެންނަށް އެނގިއްޖެ، އޭގަ މި ކުދިން ހޭންޑްލް ކުރާ ގޮތާއި ކުރެވެނީ ކިހިނެއް ކަމާ، މި ކަމަށް ތައްޔާރުވާން ދެން ކޯޗުންނަށް ލިބިގެންދާ ފުރުސަތަކީ މިއީ. ކުރިއަށް އޮތް މުބާރާތަކަށް ޑިވެލޮޕްކުރަން،" މޯހަން ބުންޏެވެ.

"މި ކުދިން (އެސްޕަޔާ 12 އަހަރުން ދަށުގެ ޓީމު) އަންޑަ 14 އަށް އަންނަންވާއިރަށް މި ކުދިން އިތުރަށް އިމްޕްރޫވްކުރަން ލިބިގެންދިޔަ ފުރުސަތެއް. 200 މިނިޓަށް ވުރެ ގިނަ މިނިޓް ކޮންމެ ކުއްޖެއްހެން ކުޅެފި، މީ ވަރަށް މުހިންމު ކަމެއް ފާހަަގަކޮށްލަން ޖެހޭ، މި ގޮތަށް މުބާރާތުގެ ގިނަ މިނިޓްސް ކުޅުމަކީ އެ ކުދިން އެންމެ ބޮޑަށް ޑިވެލޮޕްވާނެ އެއް ކަނތައް،"

މެކްސިމް އިވެންޓްސް އިންވިޓޭޝަނަލް މުބާރާތުގައި، އެސްޕަޔާގެ 12 އަހަރުން ދަށުގެ ޓީމުތަކުގެ ކޯޗުންނަށް މަސައްކަތްކުރީ، އަހުމަދު ނިޔާޒް (ނިޔާ) އާއި އަހުމަދު ފައްރާހު (ފައްރަ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox