މި ސަރުކާރުން ދޭ ބަދަލުތައް ކުރީގެ ހުރިހާ ސަރުކާރުތަކަށް ވުރެ އިތުރު: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: މި ސަރުކާރުން ދޭން އުޅޭ ބަދަލުތައް ކުރީގެ ހުރިހާ ސަރުތަކަށްވުރެ އިތުރު ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު ފައިލް

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް: މި ސަރުކާރުން ދޭން އުޅޭ ބަދަލުތައް ކުރީގެ ހުރިހާ ސަރުތަކަށްވުރެ އިތުރު ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު ފައިލް

މި ސަރުކާރުން ބަދަލުގެ ގޮތުގައި މެލޭޝިއާގެ ކުންފުންޏަކަށް ދޭން ނިންމާފައިވާ 6.9 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓަކީ ކުރީގެ ހުރިހާ ސަރުކާރުތަކަށް ވުރެ ބަދަލުގެ ގޮތުގައި އިތުރަށް ފައިސާ ހޭދަކުރަން ޖެހޭ ކަމެއް ކަމަށް އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރުން ބަދަލުގެ ގޮތުގައި މެލޭޝިއާގެ ކުންފުންޏަކަށް 6.9 ބިލިއަން ރުފިޔާ ދޭން ނިންމައި، އެ ކުންފުންޏާ އެކު އެއްބަސްވުން ހަދައިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކުރީގައި ދީފައި ހުރި ހުރިހާ ބަދަލެއް އެއްކޮށްލީމަ، އެކި ދުވަސްވަރުގައި 10 އަހަރު ވަންދެން ދީފައި ހުރި ބަދަލުތަކެއް ވިޔަސް، އެ ހުރިހާ އެއްޗެއް އެއްކޮށްލީމަ ވެސް މި ބުނާ 6.9 ބިލިއަން ރުފިޔާއާ ހިސާބަށް މިވީތަނަށް ނެތް ބަދަލު ދެވިފަކާއެއް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި މެލޭޝިއާގެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން ދެ ލައްކަ ޑޮލަރުގެ ބަދަލެއް ދޭން ޖެހިދާނެ ކަމަށް ބުނެ އެ ކުންފުނިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިޓީއެއް ފޮނުވާފައިވާކަން ނާޒިލް ފާހަގަ ކުރެއްވި އެވެ.

"ސިޓީއެއް ފޮނުވާފައި އޮތީ. އެ ސިޓީ ފޮނުވައިގެން، އެ ސިޓީއާ އެކީގައި 6.9 ބިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި އެ ސޮއިކުރީ. ތިން ލައްކަ ޑޮލަރު ދޭން ޖެހިދާނެއޭ. އަދި ބަލާލީމަ ދޭން ޖެހެނީ ކޯއްޗެއް ކަމެއް ވެސް ނޭގޭ. ފަނަރަވަރަކަށް ހާސް ރުފިޔާއިން ވެސް ނިންމާލެވިދާނެ،" ނާޒިލް ވިދާޅުވި އެވެ.

އެ އެއްބަސްވުން ސަރުކާރުން ހެދީ އެއްވެސް ޝަރުއީ މަރުހަލާއެއް ކަޑައްތު ކުރުމެއް ނެތިކަން ފާހަގަކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ އެމްޑީޕީން އެ ކަން ބަލައި މަންފާވި މީހުންނާއި ކުށްވެރިވާ މީހުން ހޯދާނެ ކަމަށެވެ.

"މިހާ ބޮޑު އަދަދެއް، ރައްޔިތުންގެ ފައިސާ އެނގޭތޯ. ޓެކްސް ފައިސާ، ތިބޭފުޅުންގެ ފައިސާ. މި ފައިސާ ނަހަމަ ގޮތުގައި އެކި ފަރާތްތަކަށް ދެވިގެންދާއިރު އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ވަރަށް ސާފުކޮށް އެނގެން އެބަޖެހޭ. 6.9 ބިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހެނީ ކީއްވެ ކަމެއް، ހިނގަ ހިނގާ އޮތް ބަރާބަރު ސިސްޓަމެއް ބާތިލު ކޮށްފައި އަނެއްކާ އެހެން ބަޔަކަށް ދޭން ޖެހެނީ ކީއްވެގެން ކަމެއް އަޅުގަނޑުމެންނަށް އެހާ ސާފެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މިހާރު ބޭނުންކުރާ އޮންލައިން ޕްލެޓްފޯމް ދޫކޮށްލައި، އާ އެކްސްޕެޓު ސިސްޓެމްއެއް ހެދައި އެ ސިސްޓެމް ބެލެހެއްޓުން މަލޭޝިއާގެ ބެސްޓިނެޓު ކުންފުންޏާ އެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގައި 132،000 އަށް ވުރެ ގިނަ ބިދޭސީން އުޅެ އެވެ. ގަވާއިދާ ހިލާފަށް ދިރިއުޅޭ މީހުންނާއެކު އެ އަދަދު ދެ ލައްކައަށްވުރެ މަތިވާނެ ކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާކުރެ އެވެ.

ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox