ޑޮލަރު މާރުކުރާ ގާނޫނު ބަދަލުނުކުރާނަމޭ ރައީސް ވިދާޅެއް ނުވޭ، ދެއްކެވީ ގަވާއިދުގެ ވާހަކަ: މެންބަރު އަލީ މޫސަ

ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ: އޭނާ ވިދާޅުވީ ރައީސް ދެއްކެވީ ގަވާއިދުގެ ވާހަކަ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ: އޭނާ ވިދާޅުވީ ރައީސް ދެއްކެވީ ގަވާއިދުގެ ވާހަކަ ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރަން އެކުލަވާލާ ގާނޫނު ބަދަލުނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުނުވާ ކަމަށާއި އެމަނިކުފާނު ވިދާޅުވީ ބޭރުފައިސާގެ ގަވާއިދު ބަދަލުނުކުރައްވާނެ ވާހަކަ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެ އެވެ.

ޓޫރިސްޓު ފެސިލިޓީތަކާއި 15 މިލިއަނަށްވުރެ މަތިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވާނެހެން ސަރުކާރުން އެކުލަވާލާ ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލުގެ ބަހުސްގެ ތެރެއިން މެންބަރު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ ޑޮލަރު މާރުކުރާ ގަވާއިދުގެ ދަށުން 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި އެކަމަށް އެއްވެސް ކަމެއް ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެއަށްފަހު މަޖިލީހަށް ފޮނުވި ބިލުގައި 500 ޑޮލަރު މާރުކުރުން އިހުތިޔާރީކޮށް ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރެވޭނެ ގޮތް އޮތްކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.

އެ ވާހަކައިގެ ތެރެއިން ނިޒާމީ މައްސަލައެއް ނަންގަވާ، ޕީއެންސީއަށް ނިސްބަތްވާ އަލީ ވިދާޅުވީ ގާނޫނަށް ބަދަލު ނުގެންނާނެ ވާހަކަ ރައީސް ވިދާޅުނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ތަނެއްގަ ދިވެހިރާއްޖޭގެ މި ގާނޫނާ ބެހޭގޮތުން ވާހަކަދައްކާފައެއް ނެތް. ވާހަކަދެއްކެވީ ގަވާއިދަކާ ބެހޭގޮތުން،" އަލީ ވިދާޅުވި އެވެ.

މިކަން ބަދަލުނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ ވެރިކަމަށް އަހަރެއް ފުރުން ފާހަގަކުރަން ނޮވެމްބަރު 17، ގައި ބޭއްވި ޖަލްސާގަ އެވެ.

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ހަރުއަޑުން ރައީސް އެ ރޭ ވިދާޅުވި އެވެ.

އެ ގަވާއިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ "ކެޓެގަރީ އޭ" ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރަން ހިމަނާފަ އެވެ.

އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ. ކުރިން އޮތް ގޮތުންނަމަ އޭ ކެޓަގަރީގެ ތަންތަނުން 500 ޑޮލަރު މާރުކުރުން ނޫން ގޮތެއް ނެތެވެ.

ރިސޯޓުތަކުގެ އިތުރުން "ކެޓެގަރީ ބީ" ގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކަށް، އެއީ ޓޫރިސްޓު އުޅަނދުތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް، ވެސް އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ލިބެ އެވެ. ޑްރާފްޓު ކުރި ބިލުގައި އަދި މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގަވާއިދުގައި އޮތީ އެއިން ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ.

ބޭރު ފައިސާއާ ބެހޭ ބިލުގައި ފާހަގަކޮށްލެވޭ އިތުރު ބަދަލެއްގެ ގޮތުގައި ޓޫރިސްޓު ވިޔަފާރިތައް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަން ޝަރުތުހަމަވާ ވިޔަފާރިތަކަށް ގެނައި ބަދަލެވެ.

އާންމުންނާއި މަސްލަހަތުވެރިންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއާ ބެހޭ ބިލުގެ ޑްރާފްޓުގައި އޮތީ 20 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ވިިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު މާރުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި އޮތީ 15 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިތަކުން އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox