އައިސީސީ ޗެމްޕިއަންސް ޓްރޮފީ ހައިބްރިޑް މޮޑެލަށް ބަދަލުވަނީ؟

Dec 11, 2024, 7:53 AM
އައިސީސީ ޗެމްޕިއަންސް ޓްރޮފީ ހައިބްރިޑް މޮޑެލަށް ބަދަލުވަނީ؟

ދިއްލީ، އިންޑިއާ (ޑިސެމްބަރު 11) - އަންނަ އަހަރު ޕާކިސްތާންގައި ތާވަލުކޮށްފައި އޮތް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރަން އިންޑިއާ އިން ޕާކިސްތާނަށް ނުދާނެކަން އަންގާފައިވާއިރު، އެ މުބާރާތުގެ ފޯމެޓް "ހައިބްރިޑް މޮޑެލް" އަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އަންނަ ފެބްރުއަރީ މަހު ޕާކިސްތާންގައި ފަށަން ތާވަލުކޮށްފައިވާ، ޗެމްޕިއަންސް ޓްރޮފީ ފަށަން 100 އަށް ވުރެ މަދު ދުވަސްކޮޅަކަށް ވެފައި އޮތްއިރު، އަދިވެސް މުބާރާތުގެ ޝެޑިއުލް ފައިނަލްވެފައި ނުވެ އެވެ.

މުބާރާތުގެ ފޯމެޓާއި ޝެޑިއުލް ފައިނަލް ނުވެ އޮތް ސަބަަބަކީ، އިންޑިއާ އިން މުބާރާތުގައި ކުޅެން ޝަރުތަކުތަކެއް އޮތުމުންނެވެ. އެ ގޮތުން، ޕާކިސްތާން ކްރިކެޓް ބޯޑުން ބުނެފައިވަނީ، އިންޑިއާ އިން މުބާރާތަށް ޕާކިސްތާނަށް ނުދާނެކަން އަންގާފައިވާ ކަމަށެެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އާ ޗެއާމަން، ކްރިކެޓް ބޯޑް އޮފް އިންޑިއާ (ބީސީސީއައި)ގެ ސެކްރެޓަރީ ޖޭ ޝާހު މި މަހު އެއް ވަނަ ދުވަހުން ފެށިގެން މަގާމުގެ ޒިންމާތައް އުފުއްލަވަން ވަނީ ފަށައިފަ އެވެ. އެގޮތުން، އޭނާ ހިމެނޭ ގޮތަށް އައިސީސީން މަޝްވަރާކޮށްފައިވަނީ، ޕާކިސްތާނުން މުބާރާތް ހޯސްޓްކުރިޔަސް، އިންޑިއާގެ މެޗުތައް އެހެން ގައުމެއްގައި ކުޅޭ ގޮތަށް "ހައިބްރިޑް މޮޑެލް: އަށް ރޭވުމަށެވެ. އެއީ، މި ވަގުތަށް ބަލާއިރު، އިންޑިއާގެ މެޗުތައް ޔޫއޭއީގައި ކުޅުމަށެވެ.

އައިސީސީން މި ގޮތަށް، މަޝްވަރާކުރިއިރު، ސެމީ ފައިނަލުގައި އިންޑިއާ އާއި ޕާކިސްތާން ކުޅެން ޖެހިއްޖެނަމަ، ދެން ހަނދާނެ ގޮތަކާ މެދު މަޝްވަރާތައް އަދި ކުރިއަށްނުދެ އެވެ.

ޗެމްޕިއަންސް ޓްރޮފީ މުބާރާތަކީ، 1996 ވަނަ އަހަރުގެ ފަހުން، ޕާކިސތާންގައި ހޯސްޓްކުރެވޭ ބައިނަލްއަގުވާމީ ބޮޑު ކްރިކެޓް މުބާރާތެވެ. އިންޑިއާ އާއި ޕާކިސްތާނުން މުބާރާތެއްގައި ނޫން ގޮތަކަށް ބައްދަލުުނުކުރާތާ 11 އަހަރުވެފައިވާއިރު، އެންމެ ފަހުން، ޕާކިސްތާނަށް ގޮސް އިންޑިއާ އިން މެޗެއް ކުޅުނީ 2008 ވަނަ އަހަރު އެވެ.

މިދިޔަ 16 އަހަރު ތެރޭގައި، ޕާކިސްތާނުން ވަނީ އިންޑިއާގައި ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެއީ، 2012، 2013 ގައި ކުޅުނު ބައިލެޓްރަލް ސީރީސްގެ އިތުރުން، 2016 ވަނަ އަހަރު އިންޑިއާ އިން ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕާއި، މިދިޔަ އަހަރު އިންޑިއާ އިން ބޭއްވި ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕަށެވެ. މިދިޔަ އަހަރު ޕާކިސްތާނުން އޭޝިއާ ކަޕް ހޯސްޓްކުރިއިރު، އިންޑިއާގެ މެޗުތައް ކުޅެފައިވަނީ ސްރީ ލަންކާގަ އެވެ.

ޕާކިސްތާން ކްރިކެޓް ބޯޑުން މިހާރު ނިންމާފައިވަނީ، މުސްތަގުބަލުގައި، އިންޑިއާ އިން ހޯސްޓްކުރާ މުބާރާތްތަކުގައި، ޕާކިސްތާންގެ މެޗުތައް އެ ގައުމުން ބޭރުގައި ކުޅެ، ހައިބްރިޑް މޮޑެލް އަށް ކުޅޭ ގޮތަށް އުސޫލެއް ހުށަހެޅުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އައިސީސީން ޕާކިސްތާން އަތުން ޗެމްޕިއަންސް ޓްރޮފީ ހޯސްޓްކުރުމުގެ ފުރުސަތު އަތުލަން ވެސް ހުށަހެޅި އެވެ. އެކަމަކު، ބޮޑެތި ހަރަދުތަކެއް މިހާތަނަށް ވެސް ޕާކިސްތާނުން ކޮށްފައިވާތީ، އައިސީސީން ހޯސްޓް ބަދަލުނުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox