ކޮވިޑު ކޮރަޕްޝަންގެ މައްސަލަ އަނބުރާ ފޮނުވާލިތާ ދެ މަސް ދުވަސް

ކޮވިޑު ކޮރަޕްޝަން މައްސަލައިގައި ތުހުމަތުކުރެވޭ ޑރ. މިލްޒާ އާއި ޑރ. އަލީ ލަތީފާއި ބަންދު ސަލީމް: މި ތިން މީހުންނަކީ ވެސް ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު އައިޖީއެމްއެޗްގެ ގޮތް ނިންމުމުގެ ވެރިން -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ކޮވިޑު ކޮރަޕްޝަން މައްސަލައިގައި ތުހުމަތުކުރެވޭ ޑރ. މިލްޒާ އާއި ޑރ. އަލީ ލަތީފާއި ބަންދު ސަލީމް: މި ތިން މީހުންނަކީ ވެސް ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު އައިޖީއެމްއެޗްގެ ގޮތް ނިންމުމުގެ ވެރިން -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ކޮވިޑް-19 ބަލިމަޑިކަމުގެ ދުވަސްވަރު ސަރުކާރުގެ އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ ކުރީގެ ތިން ވެރިޔެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަނބުރާ ފޮނުވާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

އޭސީސީން މި މައްސަލައިގައި ދައުވާ ކޮށްދޭން އެދުނީ އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން އަދި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފަށެވެ. އޭސީސީން އެދުނީ މި ތިން މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާކޮށް ދިނުމަށެވެ.

އޭސީސީން ތުހުމަތުކުރަނީ މި މައްސަލައިގައި ނާޖާއިޒު މަންފާ ހޯދައިދިނީ އާރުއެމްއެލްއެސް ލެބޯޓަރީ ސާވިސަސްއަށެވެ. މި ކުންފުނި މެދުވެރިކޮށް އަލީ ލަތީފު މަނީ ލޯންޑާ ކުރިކަމަށް ތުހުމަތުކުރެވޭތީ އޭނާގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް މި މައްސަލައިގެ ތަފުސީލުތައް ހާމަކުރަން މިދިޔަ އޮގަސްޓު 20، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީން ބުނެފައިވެ އެވެ.

Advertisement

މި މައްސަލައިގެ ދައުވާކުރަން ފޮނުވިތޯ ސާފުކުރަން "އަދަދު" އިން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ މި މައްސަލަ އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅީ އޮގަސްޓު މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އިތުރު ކަންތައްތަކެއް ސާފުކުރަން ހުރުމުން ސެޕްޓެމްބަރު 2، ގައި މައްސަލަ އަލުން އޭސީސީއަށް ފޮނުވާލާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީއަށް މައްސަލަ އަނބުރާ ފޮނުވާލި ފަހުން އެ ކޮމިޝަނުން އެ މައްސަލައިގެ އަދާހަމައެއް ހޯދަން ނިމުނު ހަފުތާގެ ތެރޭގައި ތަކުރާރުކޮށް ގުޅީމެވެ. ނަމަވެސް އެ ހަފުތާ ނިމިގެން ދިޔައިރު ވެސް އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލުމުގެ ކަންކަން ގޮސްފައިވާ ހިސާބެއް ސާފެއް ނުވި އެވެ. އެ ތަނުގެ މީޑިއާ އޮފިޝަލަކު ބުނީ "އަޕްޑޭޓެއް" ހޯދުމަށް ފަހު ގުޅާނެ ކަމަށެވެ.

ކޮވިޑު ކޮރަޕްޝަން މައްސަލައިގައި އެންމެ ގިނަ ތުހުމަތުކުރެވޭ އަލީ ލަތީފަކީ އައިޖީއެމްއެޗުގެ މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ކޮވިޑާއި ގުޅިގެން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަށް ވެސް ހުންނެވި މީހެކެވެ. މި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަކީ ކޮވިޑު ޕީސީއާރު ޓެސްޓުތައް ކުރަން މަޖުބޫކުރުމުގެ ނިންމުންތައް ނިންމި ކޮމިޓީ އެވެ.

މި މައްސަލައިގައި ހިމެނޭ ކުންފުންޏަކީ އޭނާގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށް އޭރު ވެސް ވާހަކަތައް ދެކެވުނެވެ. ނަމަވެސް އޭރު އޭނާ އާއި އައިޖީއެމްއެޗުން ވެސް އެ ވާހަކަތައް ދޮގުކުރި އެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން އެނގޭ ގޮތުގައި އެ ލެބޯޓަރީ ހިންގަނީ ޕަޔޮނިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް ތިބީ އިކުލީލް ޝަރީފް އަދި އިބްރާހިމް ސައީދު މުހައްމަދު އެވެ.

ޕަޔޮނިޔާ މޯލްޑިވްސްއަކީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު އޮކްޓޫބަރު، 2020 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ކުރާ ހަމައެކަނި ވިޔަފާރިއަކީ ވެސް އާރުއެމްއެލްއެސް ހިންގުމެވެ. ނަމަވެސް އެ ކުންފުނިން ވަނީ، ކުންފުނި އުފެއްދިތާ އަހަރު ދުވަސް ނުވަނީސް އޭޕްރިލް، 2021 ގައި، ރިސޯޓެއް ތަރައްގީކުރަން ގދ. ކަނޑަހަލަގަލާ ކުއްޔަށް ނަގާފަ އެވެ.

ކަނޑަހަލަގަލާގެ ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު އަދި ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު ޕަޔޮނިޔާ މޯލްޑިވްސްއިން ދިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކަ އެވެ. ރިސޯޓު ކުއްޔަށް ނެގިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވީއިރު، އަދި އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން ކުރި މަސައްކަތެއް ސެޓެލައިޓް ފޮޓޯތަކުން ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox