އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެ ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް

Dec 11, 2024, 5:11 AM
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެ ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް

ސަައުދީ އަރަބިއްޔާގައި 2027 ވަަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގައި، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަހަރުގެ މާޗް މަހު މާލޭގައި ފިލިޕީންސްއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ކޮލިފައިން ގްރޫޕް އޭގައި، ރާއްޖެއާ އެކު ހިމެނެނީ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެވެ.

ރާއްޖޭން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަހަރުގެ މާޗް 25 ވަނަ ދުވަހު، ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން ޖެހޭނެ އެވެ. މިހާރު އޮތް ގޮތުން އެ މެޗު ވެގެންދާނީ، ދޮޅު އަހަރަށް ފަހު، ގަލޮޅު ދަނޑުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗަށެވެ. ރާއްޖޭން އެންމެ ފަހުން، ގަލޮޅު ދަނޑުގައި ގައުމީ ޓީމުގެ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި، ބަންގްލަދޭޝާ އެކު އެވެ.

ފިލިޕީންސާ ދެކޮޅަށް ރާއްޖޭން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ، 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ބަލިވެފަ އެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި އޭއެފްސީ ޗެލެންްޖް ކަޕްގެ ސެމީ ފައިނަލް ހިމެނެ އެވެ.

އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް:

ރާއްޖެ - ފިލިޕީންސް (މާޗް 25 - މާލެ)

އީސްޓް ޓިމޯ - ރާއްޖެ (ޖޫން 10)

ރާއްޖެ - ތަޖިކިސްތާން (އޮކްޓޫބަރު 9 - މާލެ)

ފިލިޕީންސް - ރާއްޖެ (ނޮވެމްބަރު 18)

ރާއްޖެ - އީސްޓް ޓިމޯ (މާޗް 31 - މާލެ)

ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އެންމެ ރޭންކިން ރަނގަޅު ޓީމަކީ ތަޖިކިސްތާން އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އެވެ. ގެލާ، ތަޖިކިސްތާނާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ޕީޓަ ސެގާޓް ވަކިވުމުންނެވެ. ގެލާ ވަނީ އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނުގައި ވެސް ސެގާޓްގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ކޯޗިން ޓީމުގައި ހިމެނެނީ، ސެގާޓާއި ގެލާގެ އިތުރުން އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އެ ފަހަރު ޓީމުގެ ގިނަ ކަންކަމުގައި އިސްކޮށް މަސައްކަތްކުރި އެއް ފަރާތަކީ ގެލާ އެެވެ.

ރާއްޖޭން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.

މި މަހު 19 ވަނަ ދުވަހަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއް ވާނެ އެވެ. އެފްއޭއެމް އިން ފުޓްބޯޅަ ސީޒަން ފަށަން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ ފަހުކޮޅު ސީޒަން ފަށަން އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު، މިހާތަނަށް ޕްރެކްޓިސް ފެށި ހަމައެކަނި ކްލަބަކީ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

އޭޝިއަން ކަޕް ކޮލިފައިން ގުރުއަތުލުން މިއަދު ނިމުނުއިރު، ރާއްޖޭން އަވަހަށް ފުޓްބޯޅަ ސީޒަން ނުފަށައިފިނަމަ، އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގައި ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހޭނެ އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox