ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމީމަ އެމީހަކު ޖެހޭނީ ވެރިކަމުން ބާލަން: މައުރޫފު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު : އޭނާ ވިދާޅުވީ ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމީމާ އޭނާ ވެރިކަމުން ބާލަން ޖެހޭނެ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު : އޭނާ ވިދާޅުވީ ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމީމާ އޭނާ ވެރިކަމުން ބާލަން ޖެހޭނެ ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ވެރިކަމުގައި ހުރި މީހަކީ ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމުމުން އެ ވެރިޔަކު ވެރިކަމުން ބާލަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މައުރޫފު ވަނީ މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެއްދެވި ކަމަށްވާ ދޮގުތަކުގެ ލިސްޓު ކުރައްވައިފަ އެވެ. އެއަށްފަހު އޭނާ ވަނީ އެތަނަށް އެއްވެ ތިބި އާންމުންގެ އަރިހުން ރައީސް މުއިއްޒު އަކީ ދޮގުވެރިޔެއްތޯ އައްސަވާފަ އެވެ.

"ދެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އެއީ ދޮގުވެރިޔެއް ކަމަށް ރައްޔިތުން ނިންމީމާ އޭނާ ވެރިކަމުން ބާލަންޖެހޭނީ،" މައުރޫފު ވިދާޅުވި އެވެ.

ދައުރު ހަމަވުމުން ވޯޓުލައިގެން ވެރިކަން ބަދަލުކުރުމަކީ އޮންނަ އުސޫލެއް ކަމަށާއި އެހެން ނަމަވެސް ދޮގާއި މަކަރު ހެދުން އިންތިހާއަށް ދިޔައީމާ ވެރިކަން ބަދަލުކުރުން ވެސް އެއީ އޮންނަ ގޮތެއް ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ. އެގޮތުން ރައްޔިތުން ނުކުމެ އަވައްޓެރި ސްރީލަންކާ އަދި ބަންގްލަދޭޝް ގެ ވެރިކަން ބަދަލުކުރި ގޮތުން އޭނާ މިސާލު ނެންގެވި އެވެ.

"ދައުރު ހަމަވާކަށް ނުޖެހޭ. ގާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭ. ބަދަލުކުރަން ޖެހޭ. ނުކުންނަންވީ،" އޭނާ ވިދާޅުވި އެވެ.

މިއީ ނިމުމެއް ނޫން ކަމަށާއި ދިގުދެމިގެންވާ މުޒާހަރާއެއް އެބައޮތް ކަމަށާއި ރައްޔިތުން އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށާއި އެފަހަރު ހުއްޓާލާނީ ވެރިކަން ބަދަލުކުރުމަށްފަހު ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އަސާސީއަށް ގެނައި ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށަން ވެސް އެ ބައްދަލުވުމުގައި ފާސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox