ހައްގުތައް ހޯދަން އެންމެން ނުކުންނަންޖެހޭ، ސަރުކާރުން ބޭނުން ވަނީ ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރަން: ސޯލިހު

Dec 10, 2024, 5:02 PM
މިރޭގެ ޖަލްސާގައި ސޯލިހު ވާހަކަ ދައްކަވަނީ: ވިދާޅުވީ ތަބަކަކަށް ލާފައި އެކަކު ވެސް ހައްގުތަކެއް ނުދޭނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިރޭގެ ޖަލްސާގައި ސޯލިހު ވާހަކަ ދައްކަވަނީ: ވިދާޅުވީ ތަބަކަކަށް ލާފައި އެކަކު ވެސް ހައްގުތަކެއް ނުދޭނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި އަނެއްކާ ވެސް ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރަން ކަމަށާއި އެކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބާއްވާ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެ، ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުގެ އަތްދަށަށް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވަނީ ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރަން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މި ސަރުކާރަށް މިހާރު އެއް އަހަރުވެއްޖެ. އަޅުގަނޑުމެން އެއިރު ވެސް ބުނަމުން ދިޔައީމު، އަޅުގަނޑުމެން އެއް އަހަރު ވަންދެން މަޑުކުރާނަމޭ. ވަގުތު ދޭނަމޭ،" ސޯލިހު ވިދާޅުވި އެވެ. "މި ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރު ވެރިކަމެއް އަނެއްކާ ވެސް މި ރާއްޖޭގައި ގާއިމް ކުރުން."

ސޯލިހު ވިދާޅުވީ ތަބަކަކަށް ލާފައި އެއްވެސް މީހަކު ހައްގުތަކެއް ނުދޭނެ ކަމަށާއި ޖެހޭނީ ހައްގުތައް ހޯދަން ނުކުންނަން ކަމަށެވެ.

"ދަންނަވަންތޯ އެއްވެސް ހައްގަކީ މީހަކު ހެޔޮ ހިތުން ތަބަކަކަށް ލާފައި ދޭނެ އެއްޗެއް ނޫން. ހައްގުތައް ޖެހޭނީ ހޯދަން. މީގެ ކުރިން ވެސް އަޅުގަނޑުމެން ހައްގުތައް ހޯދިން. މިއަދު ވެސް އަޅުގަނޑުމެން އަނެއްކާ ނުކުމެ މި ތިބީ އެ ހައްގުތައް ކަށަވަރު ކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ހައްގުތައް ހޯދަން އެންމެން ނުކުންނަންޖެހޭ ކަމަށާއި ފަހަތަށް ނުޖެހި އާންމުން ނުކުމެއްޖެ ނަމަ އެ އަޑު އަހަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެން ކުރަންވީ ކަމަކީ، ފަހަށް ނުޖެހި ނުކުންނަންވީ. އަޑުއަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވާނެ. އަޅުގަނޑުމެން ނުވާނެ ފަހަތަށް ޖެހިގެންނެއް. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގަ. އެމްޑީޕީ މިއަދު މި އޮތީ ތިޔަ ރައްޔިތުންނާ އެކީގަ. މި ހައްގުތައް ހޯދައިދިނުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް،" ސޯލިހު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށާއި އެކަންކަމާ ދެކޮޅަށް މިއަދުން މިއަދަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިން މި ފެންނަމުންދާ ވިލާގަނޑުން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާންް ދުވަސްތަކެއް. ދަތި އުނދަގޫ ދުވަސްތަކެއް. އަދި މިކަމާ ދޭތެރޭގައި މިހާރުން މިހާރަށް އަޅުގަނޑުމެން މަސައްކަތްތަކެއް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކަކަކާ އަޅުގަނޑުމެންނާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިދާނެކަން މިއަދުވެސް ފެންނަމުން އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އަސާސީއަށް ގެނައި ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށަން ވެސް އެ ބައްދަލުވުމުގައި ފާސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox