ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް، މިއަދުން މިއަދަށް ފިޔަވަޅުތަކެއް އަޅަންޖެހޭ: ސޯލިހު

Dec 10, 2024, 4:42 PM
ސޯލިހު މިރޭގެ ޖަލްސާގައި: ވިދާޅުވީ އަނިޔާވެރި ވެރިކަމެއްގެ ސިފަ މިހާރު ވެސް ފެންނަން ފަަށައިފި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސޯލިހު މިރޭގެ ޖަލްސާގައި: ވިދާޅުވީ އަނިޔާވެރި ވެރިކަމެއްގެ ސިފަ މިހާރު ވެސް ފެންނަން ފަަށައިފި ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މި ވެެރިކަމުގެ ދަށުގައި ކުރިއަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް މިއަދުން މިއަދަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބާއްވާ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ މިހާރު ވެސް އަނިޔާވެރިކަމުގެ ސިފަތައް މި ވެރިކަމުގައި ފެންނަން ފަށައިފި ކަމަށެވެ. އެކަންތައްތަކާ ދެކޮޅަށް ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކުރިމަތިން މި ފެންނަމުންދާ ވިލާގަނޑުން އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ބަނަ ދުވަސްތަކެއް. ބިރުވެރި ދުވަސްތަކެއް. ނާމާންް ދުވަސްތަކެއް. ދަތި އުނދަގޫ ދުވަސްތަކެއް. އަދި މިކަމާ ދޭތެރޭގައި މިހާރުން މިހާރަށް އަޅުގަނޑުމެން މަސައްކަތްތަކެއް ނުކޮށްފި ނަމަ އަނިޔާވެރި ދުވަސްތަކަކަކާ އަޅުގަނޑުމެންނާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިދާނެކަން މިއަދުވެސް ފެންނަމުން އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.

"މިކަންތައްތަކާ ދޭތެރޭގައި އިސްވެ ފިޔަވަޅެއް ނާޅައިފި ނަމަ މި ދެންނެވި ކަންތައްތައް އަޅުގަނޑުމެންނާ ކުރިމަތިވާނެ."

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ ފެހި ގާނޫނުއަސާސީ އެކުލަވައިލި އިރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެއިރުގެ ވިސްނުމަކީ ހުރިހާ ބާރެއް ރައްޔިތުންގެ އަތުގައި ބޭއްވުން ކަމަށެވެ.

"ގާނޫނުއަސާސީގައި އަޅުގަނޑުމެން ހައްގުތަކެއް ލިޔުނިން. މިއަދު އަޅުގަނޑުމެން އެއްވެ މި ތިބީ އެކަންތައްތައް ދިފާއު ކުރަން. ބަސް ބުނުމުގެ މިނިވަންކަން އަޅުގަނޑުމެން ހޯދިން. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ މިނިވަންކަން އަޅުގަނޑުމެން ކަށަވަރު ކުރިން. ޕެންޝަން ލިބުމުގެ ހައްގު އޭގައި އަޅުގަނޑުމެން ލިޔުނިން. ހިލޭ ބޭސް ފަރުވާ ސަރުކާރުން ދޭންޖެހޭނެކަން ކަށަވަރު ކުރިން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިިދިޔަ ދުވަސްތަކުގެ ތެރޭގައި މި ފެނިގެންދަނީ މި ހުރިހާ ހައްގުތަކެއް އަޅުގަނޑުމެންގެ ކިބައިން މި ސަރުކާރުން ނިގުޅައިގަންނަން މަސައްކަތް ކުރަމުންދާ ތަން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އަސާސީއަށް ގެނައި ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށަން ވެސް އެ ބައްދަލުވުމުގައި ފާސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox