މަޖިލިސް މެންބަރަކު ވަކި ކޮށްފިނަމަ އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީވާން އިގުރާރުވެއްޖެ

ގަރާރު ހުށަހެޅުއްވި މަހްފޫޒް ސައީދު: ގަރާރު ފާސްވީ ބޮޑު އަގުލަބިއްޔަތަކުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ގަރާރު ހުށަހެޅުއްވި މަހްފޫޒް ސައީދު: ގަރާރު ފާސްވީ ބޮޑު އަގުލަބިއްޔަތަކުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ އިގުރާރުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި މެންބަރުންގެ އިއްތިފާގުން ފާސްވި އެ ގަރާރުގައިވާ ގޮތުން ރައްޔިތުންގެ މަސްލަހަތުގައި އެމްޑީޕީން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އެ މެންބަރު ނިސްބަތްވާ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅުމުން ގޮނޑި ގެއްލުމުން ވެސް އެ މެންބަރަކު އަލުން އިންތިހާބު ކުރުމަށް އެހީވާންޖެހޭނެ އެވެ.

"އެ މެންބަރަކު ތަމްސީލުކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި، ރައްޔިތުންގެ މަޖިލީހުން ވަކިކުރެވުނު މެންބަރު ވާދަކުރާނަމަ މި ޕާޓީއިން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އެ މެންބަރަކާއެކު މަސައްކަތްކޮށްދިނުމަށް އެއްބަސްވަން،" އެ ގަރާރު ހުށަހަޅުއްވަމުން މަހްފޫޒް ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިނަގެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމަށް އޮތް މިނިވަން އިހުތިޔާރު ވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު ބަދަލެއް ކަމަށް ވެސް ގަރާރުގައި ބުންޏެވެ.

މީގެ އިތުރުން، ގާނޫނު އަސާސީއަށް ގެނައި ބަދަލު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމަށާއި ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައި އޮތް ބާރުވެރިކަން ގެނައި ބަދަލުތަކުން ނިގުޅިގެންދާކަން ވެސް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަ ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، ސަރުކާރަށް ވެސް ގަރާރުގައި ވަނީ ގޮވައިލާފަ އެވެ.

ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަކުރުމާ ހަމައަށް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެކިއެކި ސިޔާސީ ހަރަކާތްތައް ހިންގައި، މި ބަދަލުގެ ސަބަބުން ނުކުންނަ ނަތީޖާތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުޅާ ދާއިރާއެއްގައި ކެމްޕޭނު ހިންގުމަށް ވެސް ވަނީ އިގުރާރުވެފަ އެވެ.

އެގޮތުން އެ ގަރާރުގެ ދަށުން އެމްޑީޕީން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކަށާއި، މަދަނީ ޖަމިއްޔާތަކަށާއި، ފަންނީ ދާއިރާތަކުގެ ބޭފުޅުންނަށް ދައުވަތުދީ، ދޭ ދައުވަތު ގަބޫލުކުރާ އެންމެން ގުޅިގެން މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެކިއެކި އިހުތިޖާޖުތައް ރާވައި ހިންގުމަށް ވަނީ އިގުރާރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox