އެއްވާން ބުނީތީ ވައުދުތައް ފުދެމުންދާނަމަ އެއްވީމާ މާ ގިނަ ވައުދުތައް ފުއްދާނެއެވެ.

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އެކި ކަންކަމުގައި ނުރުހުންވުމާއި އިއުތިރާޒު ފާޅުކުރުމަށް މީހުން ހިޔާރުކުރާ އެއް މަގަކީ އެއްވެ އުޅުމެވެ. އެއް ފިކުރެއްގައި ތިބި ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އެއް އަޑަކުން ބުނާ ބަސް ވެރިކަމުގެ ފަރާތަށް މާ ބާރަށް މާ އަވަހަށް އަޑުއިވޭކަން ސާބިތެވެ. މި ފަހުންނާއި މާ އެވޭލާ ތާރީހުގައި އެކަން ހިނގާފައި އޮތީ އެހެންނެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ވިސްނުމަކީ ކޮބައިކަން ދައްކުވައި ދިނުމުން، ސަރުކާރުތަކަށް ޖެހިފައި އޮތީ އެ އަޑަށް ބޯލަނބާށެވެ. ގުދުކޮށްނުލައިފި ސިޔާސީ ބޮލެއްނަމަ ކަނދުރާއިން ވަކިކުރެވޭތަން ތާރީހުން ދައްކާފައިވާތީ އެވެ. (ކިޔުން ލާޒިމު ނޯޓު: ދަންނައެ، ބޯ ގުދުކޮށްލުމާއި ބޯ ވަކިކޮށްލުމުގެ ވާހަކަ މިތަނުގައި ލިޔެފައި އެއޮތީ މަޖާޒީ މާނައިގަ އެވެ. ބޯ ގުދުކޮށްލުމަކީ ގޮތްދޫކޮށް ކަމަކަށް އެއްބަސްވެ އިގުރާރުވުމެވެ. ބޯ ވަކިކޮށްލާ ވާހަކަ ލިޔެފައި އެއޮތީ 'އަތްއަނބުރާލީޔޭ' ވެސް އެ ބުނެ އުޅޭ މާނައިގަ އެވެ. އިހުތިޖާޖުގެ ޒަރީއާއިން ކުރާ މަޖުބޫރުން ކިޔަމަން ކުރުވާ ވާހަކަ އެވެ.)

މިއީ އެންމެ ގިނަ ވައުދާއެކު އައި ސަރުކާރޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވައުދުތަކުގެ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައި އެއޮތީ އެވެ. ބަނޑޭރި ގަނޑާއި ފިހުރިސްތަށް އޮތް 12 ސަފުހާ އުނިކޮށްލުމުންވެސް އެފޮތުގައި ޖުމުލަ 1023 ސަފުހާ އެބައޮތެވެ. ކޮންމެ ސަފުހާއެއް ފުރިފައި އޮތީ ވައުދުތަކުންނެވެ. 1015 ވަނަ ސަފުހާގައި އެއޮތީ އިންތިހާބު ކާމިޔާބު ކުރައްވާފައި ރައްޔިތުންނާ ބައްދަލުވެ ވެވަޑައިގެންނެވި ވައުދުތަކެވެ. އެއީ ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކެވެ.

ވެރިކަމަށް އަހަރެއް ވެގެން ދިޔައިރު އެ ވައުދުތަކުގެ ނުވަދިހަ ފަހެއް އިންސައްތަ ވައުދު އޮތީ ހަނދާން ނައްތާލާފަ އެވެ. ދޭއް އިންސައްތައެއްހައި ވައުދު ނުވެސްވާ ކަމަށް ވިދާޅުވި އެވެ. ބާކީ އަކީ ފުއްދަންކަމަށް އުޅެ ނުވެފައި ހުރި ކަންކަމެވެ. މި ނިސްބަތުން ހިސާބު ޖެހީމާ ފުދުނު އެންމެ ވައުދެއްވެސް ނެތެވެ. ކުއްލިއަކަށް އައި ހިޔާލުފުޅަކަށް ދެތިން ކަމެއް ނުކުރައްވާ ވާހަކައެއް ނޫނެވެ.

ވައުދު އުވާލައްވާފައި އާރަށަށާއި، ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި އަވަދިނެތި އުޅުއްވަނިކޮށް އިދިކޮޅު އެމްޑީޕީން ބޮޑު ޖަލްސާއަކަށް ގޮވާލީ އެވެ. ތަށަށް ކިޔަނީ މަރިޔަނބުތޯ ވެސް އަހާނުލައި ސަރުކާރުން އެވެރިންގެ މަސައްކަތާއިގެން އުޅުއްވަނިކޮށް ނުއަތުން ރޯޅިއެއް ޖެހި ނުކިއްސަރުކަމެއްގެ ހިލަމެއްވީ ތޯއްޗެކެވެ. ތެޅިގަތީ ތިޔަހެނަކުން ނޫނެވެ. މިވީ އަށެއްކަ މަސްދުވަހު އާރަށް ނޫން ރަށަކަށް ވަޑައިނުގަންނަވާ ރައީސް އެއްކަލަ ރާއްޖެތެރެއަށް ވަޑައިގެންފި އެވެ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ މަގުތައް ހައްދަވައި ދެއްވުމަށްފަހު ޑޮލަރު އޭޓީއެމް އެއްވެސް ބަހައްޓަވައި ދެއްވީ އެވެ. ގެސްޓުހައުސްއަށް ލިބޭހައި ޑޮލަރެއް މާރުކުރުން ލާޒިމުކޮށް ގަވާއިދެއް ހެއްދެވި އޮތްކަމެއްވެސް ހަނދުމަފުޅެއް ނެތެވެ. ޖެހިގެން އޮތް ރަށަށް ވަޑައިގެން އެއާޕޯޓެއް އަޅުއްވައި ދެއްވީ އެވެ. ހަމަ އެނޭވާގައި، މަސްވެރިންނަށް ތިން ހަތަރުމަހު ނުދެއްވައި ހުރި ފައިސާ 48 ގަޑިއިރުން ދެއްވާ ގޮތަށް ހަމަޖައްސަވައި އެފައިސާވެސް ދެއްވީ އެވެ. ދައުލަތުން އެކި ހިދުމަތްތަކުގެ އަގުހެޔޮކުރަން ދޭ ސަބްސިޑީ ކަނޑާލާ ގޮތަށް ބަޖެޓުފޮތުގައި އޮތަސް އެކަންވެސް ނުކުރައްވާ ގޮތަށް ހަމަޖެއްސެވީ އެވެ. ޑޮރަލު މާރުކުރަން މަޖުބޫރު ކުރި ކުރުންވެސް އިހުތިޔާރީ ކަމަކަށް ހެއްދެވީ އެވެ.

ދެން ވެވަޑައިގެންނެވީ އައު ވައުދުފުޅެކެވެ. މިހާތަނަށް ނުފުދިހުރި ހުރިހައި ވައުދެއް ފުއްދަވާނީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުކަމަށް ވައުދުވެވަޑައިގެންނެވީ އެވެ. ބެލެވޭ ގޮތުން 2024 އަކީ ވައުދު ފުއްދުމަށް ރަނގަޅު ސާއަތާއި އިރުވަރު އަންނަ އަހަރަކަށް ނުވީ އެވެ.

މިއީ އިދިކޮޅު ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާއަށް އައިދާނޭ މީހުންގެ އަދަދު ގިނަވެދާނޭކަމަށް ބެލެވޭތީ އެންމެ ދުވަހަކު ކޮށް ނިންމަވައިލެއްވިހައި ކަންކަމެވެ. ޖަލްސާއަށް ގިނަ ބަޔަކު އަތުވެއްޖެނަމަ މި މަންޒަރު އަދި ބަދަލުވެގެންދާނޭ ގޮތް ވިސްނަވާށެވެ.

ހަގީގީ ވެރިންނަކީ ރައްޔިތުންކަން ރައްޔިތުންގެ ހާދިމުންނަށް ހަނދާންކޮށްދިނުމަށް ކުޑަކުޑަ ދެކޮޅުވެރިކަމެއް ގެނެސްގަތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. އެއްވުމާއި ޖަލްސާތަކުގެ ޒަރީއާއިން ރައްޔިތުން ފާޅުކުރާ ޝުއޫރުތައް އަޑުއެހުން ވެރިންނަށް މަޖުބޫރުވެ އެވެ. އެ ވާހަކަތައް އަޑުނާހައިފިނަމަ ރައްޔިތުން އެބައިމީހުންގެ ވާޖިބު އަދާކުރާނޭކަން ވެރިން ދަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox