އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެއް ގްރޫޕަކަށް

Dec 9, 2024, 7:35 AM
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެއް ގްރޫޕަކަށް

ސަައުދީ އަރަބިއްޔާގައި 2027 ވަަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގައި ރާއްޖެއާ އެކު، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އަންނަ މާޗް މަހު އޭޝިއަން ކަޕް ކޮލިފައިން ފަށާއިރު، ރާއްޖެ ހިމެނެނީ ކޮލިފައިން ގްރޫޕް އޭގަ އެވެ. ކޮލިފައިން ހަ ގްރޫޕް އޮތްއިރު، ކޮންމެ ގްރޫޕަކުން ވެސް އޭޝިއަން ކަޕަށް ކޮލިފައިވާނީ އެއް ވަނަ ޓީމެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ރާއްޖެ މި ހިމެނޭ ތިން ޓީމާ މީގެ ކުރިން ރާއްޖޭން ވަނީ ކުޅެފަ އެވެ. އެއީ، އީސްޓް ޓިމޯ އާއި ފިލިޕީންސްއާ އެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ.

މީގެ އިތުރުން، ތަޖިކިސްތާނާ ދެކޮޅަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.

ރާއްޖޭން ވަނީ 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި އީސްޓް ޓިމޯއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު ރާއްޖެ މޮޅުވީ 3-2 އިންނެވެ. އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓަކީ، 23 އަހަރުން ދަށަށް ހާއްސަކޮށް، ސީނިއާ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް ކުރިއަށްދާ އިވެންޓެކެވެ.

ގައުމީ ފުޓްބޯޅަ ޓީމުން 2018 ވަނަ އަހަރު ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ގެލާ (ކ) އާއި ޝާކިއްޓެ (ވ).-- ފޮޓޯ: މިހާރު

ތަޖިކިސްތާންގައި ހުރީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު ގެލާ

ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އެންމެ ރޭންކިން ރަނގަޅު ޓީމަކީ ތަޖިކިސްތާން އެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އެވެ.

ގެލާ، ތަޖިކިސްތާނާ ހަވާލުވީ ކުރިން އެ މަގާމުގައި ހުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ޕީޓަ ސެގާޓް ވަކިވުމުންނެވެ. ގެލާ ވަނީ އަފްގާނިސްތާނާއި ރާއްޖެ އަދި ތަޖިކިސްތާނުގައި ވެސް ސެގާޓްގެ އެސިސްޓަންޓަކަށް މަސައްކަތްކޮށްފަ އެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ކޯޗިން ޓީމުގައި ހިމެނެނީ، ސެގާޓާއި ގެލާގެ އިތުރުން އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. އެ ފަހަރު ޓީމުގެ ގިނަ ކަންކަމުގައި އިސްކޮށް މަސައްކަތްކުރި އެއް ފަރާތަކީ ގެލާ އެެވެ.

ޖިއޯޖިއާގެ ފަސް އުމުރުފުރާއެއްގެ ގައުމީ ޓީމުގެ ކޯޗުކަން ކޮށްފައިވާ ގެލާ އަށް ތަޖިކިސްތާން ކޯޗުކަން ދިނީ ޓީމު ރޭވުމުގައި ސެގާޓާ އެކު ކުރި މަސައްކަތް ރަނގަޅުވުމުންނެވެ. ގެލާ އާއި ސެގާޓް ހިމެނޭ ކޯޗިން ޓީމުން ވަނީ އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕްގައި ތަޖިކިސްތާނަށް ތާރީހީ ކާމިޔާބެއް ހޯދައިދީފަ އެވެ.

ގަތަރުގައި މިދިޔަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން ތަޖިކިސްތާން ކެޓިއިރު، މިއީ އޭޝިއަން ކަޕްގައި އެ ޓީމުގެ ތާރީހުގައި ވެސް އެންމެ ރަނގަޅު ނަތީޖާ އެވެ. ތަޖިކިސްތާނުން ވަނީ އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕްގައި، ޗައިނާއާ އެއްވަރުކޮށް، ގަތަރު އަތުން 1-0 އިން ބަލިވިއިރު، 2-1 އިން ލެބަނަން ބަލިކޮށްފަ އެވެ. އަދި ގަދަ 16 ބުރުގައި ޔޫއޭއީ އަތުން ތަޖިކިސްތާން މޮޅުވީ، ޕެނަލްޓީ ޖަހައިގެންނެވެ.

ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއް

މި މަހު 19 ވަނަ ދުވަހަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއް ވާނެ އެވެ. އެފްއޭއެމް އިން ފުޓްބޯޅަ ސީޒަން ފަށަން ކްލަބްތަކަށް ހިއްސާކޮށްފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ ފަހުކޮޅު ސީޒަން ފަށަން އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު، މިހާތަނަށް ޕްރެކްޓިސް ފެށި ހަމައެކަނި ކްލަބަކީ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން ވަނީ އިންޓަނޭޝަނަލް މެޗެއް ނުކުޅެ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ މަހު ބަންގްލަދޭޝާ ދެކޮޅަށް ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުން 1-0 އިން ރާއްޖެ މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ރާއްޖެ ވަނީ 2-1 އިން ފަހު ވަގުތު ބަލިވެފަ އެވެ.

ބަންގްލަދޭޝާއި އިންޑިއާ އެއް ގްރޫޕަކަށް

އޭޝިއަން ކަޕް ކޮލިފައިން ގުރުއަތުލުން މިއަދު ނިމުނުއިރު، ރާއްޖޭން އަވަހަށް ފުޓްބޯޅަ ސީޒަން ނުފަށައިފިނަމަ، އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގައި ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ސާފް ސަރަހައްދުގެ އެހެން ޓީމުތައް ހިމެނުނު ގްރޫޕްތަކަށް ބަލާއިރު، ބަންގްލަދޭޝާއި އިންޑިއާ ހިމެނުނީ ގްރޫޕް ސީގަ އެވެ. އެ ދެ ގައުމުގެ އިތުރުން ދެން މި ގްރޫޕްގައި އޮތީ ހޮންގް ކޮންްގް އާއި ސިންގަޕޫރު އެވެ. ބޫޓާން ހިމެނުނީ، ލެބަނަން، ޔަމަން އަދި ބްރުނާއީއާ އެކު ގްރޫޕް ބީގަ އެވެ. ސްރީ ލަންކާ އޮތީ ތައިލެންޑާއި ތުރުކުމެނިސްތާން އަދި ޗައިނީސް ޓައިޕޭއާ އެކު ގްރޫޕް ޑީގަ އެވެ.

ގްރޫޕް އީގައި ޕާކިސްތާން އޮތީ ސީރިއާ، އަފްގާނިސްތާން އަދި މިޔަންމާއާ އެކުގަ އެވެ. އަދި ނޭޕާލް ލައްވާލީ ވިއެޓްނާމް، ލާއޯސް އަދި މެލޭޝިއާއާ އެކު ގްރޫޕް އެފްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox