އޭޝިއާ މުބާރާތުގައި ވިދާލި ކަޔާން ޒަކީ ގައުމީ ސާފިން ޓީމަށް

Dec 9, 2024, 4:40 AM
އޭޝިއާ މުބާރާތުގައި ވިދާލި ކަޔާން ޒަކީ ގައުމީ ސާފިން ޓީމަށް

މި އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީގެ ސެމީ ފައިނަލަށް ދަތުރުކުރި، ކަޔާން ޒަކީ، ގައުމީ ސީނިއާ ސާފިން ޓީމުން ޖާގަ ހޯދައިފި އެވެ.

އުމުރުން 14 އަހަރުގެ ކަޔާން ވަނީ ކ. ތުލުސްދޫގައި މި އަހަރު ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީ (18 އަހަރުން ދަށް)ގެ ސެމީ ފައިނަލުން ފުރުސަތު ހޯދައި، މިހާތަނަށް ރާއްޖޭގެ ޒުވާން ސާފަރަކު ބައްރުގެ މުބާރާތަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކޮށްފަ އެވެ.

މީގެ އިތުރުން، ގައުމީ ސާފިން ލީގުގައި އަހަރުން އަހަރަށް ބަލާނަމަ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ސާފަރުން ތެރޭގައި ކަޔާން ހިމެނެ އެވެ. ކަޔާން މިދިޔަ ދެ އަހަރު ހުރީ ގައުމީ ޖޫނިއާ ސާފިން ޓީމުގަ އެވެ. އެހެންކަމުން، އަންނަ އަހަރު ވެގެންދާނީ ސީނިއާ ސާފަރުންނާ އެކު، އޭނާގެ ބޮޑު އަހަރަކަށެެވެ.

ގައުމީ ސާފިން ޓީމު އެކުލަވާލުމުގައި، ސާފިން އެސޯސިއޭޝަން، އެމްއެސްއޭ އިން އެތުލީޓުން ކަނޑައެޅުމުގައި ބަލާ މިންގަނޑަކީ، ކުރީ އަހަރުގެ ގައުމީ ސާފިން ލީގުގެ ރޭންކިން އަށެވެ.

އެ ގޮތުން، ކުރިއަށް އޮތް އަހަރަށް ސާފިން ގައުމީ ޓީމަށް ހޮވީ މި އަހަރުގެ ލީގު ރޭންކިންގެ ގަދަ ހަ ސާފަރުންނެވެ.

ޒުވާން ސާފަރު، ކަޔާންގެ އިތުރުން ގައުމީ ސްކޮޑުގައި ދެން ހިމެނެނީ، މި ފަހަރުގެ ގައުމީ ސާފިން ލީގު ކާމިޔާބުކުރި ހޫދު އަހުމަދު (ހޫބްޒް) އާއި މި ވަގުތު ގައުމީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ސާފަރު، އިސްމާއިލް މިގްލާލް (ކުޑައިއްސެ)ގެ އިތުރުން، ގދ. ގައްދޫ އަށް އުފަން ހުނަރުވެރި ސާފަރު، ނަޖާހު މުހައްމަދު (ކަބޯ) އާއި ހަމަ އެ ރަށަށް އުފަން، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ގައުމީ ސާފިން ޓީމުގެ ކެޕްޓަންކަން ދާދި ފަހުން ކުރި، އަހުމަދު އާގިލް (އަންމަޑޭ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox