ފްރާންސް ޓީމަށް އެމްބާޕޭ ނުކުޅުނު ސަބަބު ސާފުކޮށްދޭންޖެހެނީ ޑެޝޯމްޕްސް

Dec 9, 2024, 2:16 AM
ފްރާންސް ޓީމަށް އެމްބާޕޭ ނުކުޅުނު ސަބަބު ސާފުކޮށްދޭންޖެހެނީ ޑެޝޯމްޕްސް

ޕެރިސް (ޑިސެމްބަރު 9) - އެންމެ ފަހުން ފްރާންސް ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުތަކަށް އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނުކުޅުނު ސަަބަބު ސާފުކޮށްދޭން ޖެހެނީ އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ކަމަށް އެމްބާޕޭ ބުނެފި އެވެ.

ކެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ، 25، ވަނީ އޭނާގެ ކެރިއަރުގެ މިހާތަނަށް ހިނގި ކަންތައްތަކާ ގުޅޭގޮތުން ގިނަ ސުވާލުތަކަކަށް ޖަވާބުދީފަ އެވެ. އެ ގޮތުން، ފްރާންސް އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެމްބާޕޭ ނުކުޅުމުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

"އެންމެ ފުރަތަމަ މެޗުތަކުން އަހަރެން އެދުނީ ހާލަތުގެ ގޮތުން ޓީމުން ބްރޭކަކަށް، ދެން، ނޮވެމްބަރުގައި ކުޅުނު މެޗުތަކުގައި އެ ހިނގި ކަންތައްތަކަކާ ބެހޭގޮތުން އަހަންނަށް ނުބުނެވޭނެ، އެއީ އެކަން ހާމަކުރެވޭނީ ޑެޝޯމްޕްސް އަށް، ސަބަބު ބުނެދެވޭނީ ވެސް އޭނަ އަށް،" ފްރާންސް ގައުމީ ޓީމަށް 86 މެޗުން 48 ގޯލު ޖަހާފައިވާ އެމްބާޕޭ ބުންޏެވެ.

Advertisement

އެމްބާޕޭ ޓީމަށް ނުނެގި ސަބަބާ ގުޅޭގޮތުން، ޑެޝޯމްޕްސް މިހާތަނަށް ސީދާ ޖަވާބެއް ދީފައިނުވެ އެވެ. އޭނާ ބުނީ އެއީ ޓީމުގެ ނިންމުމެއް ކަމަށެވެ.

ފްރާންސް ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް އޭނާ ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ. އަދި އޭނާ މިހާރު ފްރާންސަށް ކުޅެން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ދެކެވޭ ވާހަކަތަކާ ބެހޭގޮތުން އެމްބާޕޭ ބުނީ ހަގީގަތަކީ ފްރާންސަށް ކުޅެން ލިބޭ ކޮންމެ ފުރުސަތެއް ވެސް ދެކެނީ ޝަރަފެއްގެ ގޮތުގައި ކަމަށެވެ.

ހިލޭ ޓްރާންސްފާއެއްގައި މި ސީޒަނުގައި ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެ، އެމްބާޕޭ އަށް އޭނާގެ އަސްލު ލެވަލްގައި ކުޅެވޭ ގޮތެއްނުވެ އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 21 މެޗުން 11 ގޯލު ޖަހައިފަ އެވެ. އޭނާ ބުނީ، ރެއާލްގައި ފެންވަރު ސާބިތުކޮށް ކާމިޔާބު ހޯދޭނެ ކަަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox