ލާޒިއޯ އަތުން ބަލިވެ ނަޕޯލީ އަށް އެއް ވަަނަ ގެއްލިއްޖެ

Dec 9, 2024, 2:05 AM
ލާޒިއޯ އަތުން ބަލިވެ ނަޕޯލީ އަށް އެއް ވަަނަ ގެއްލިއްޖެ

ރޯމް، އިޓަލީ (ޑިސެމްބަރު 9) - އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އަތުން 1-0 އިން ބަލިވެ ނަޕޯލީ އަށް ލީގުގެ އެއް ވަނަ މަގާމު ގެއްލިއްޖެ އެވެެ.

ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ މި ހަފްތާގައި، މިލާން އަތުން 2-1 އިން މޮޅުވި އެޓަލަންޓާ އެވެ. އެޓަލަންޓާ އަށް ވަނީ 15 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 15 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ތިން ވަނައިގައި އިންޓަ އޮތީ 14 މެޗުން 31 ޕޮއިންޓާ އެކު އެވެ. އިންޓަ އަށް މެޗު ހަމަކުރާއިރު އެއް ވަނައިގައި އޮތް އެޓަލަންޓާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ލަނޑުގެ ތަފާތުން ކުރިއަށް އެރޭނެ އެވެ.

ނޭޕްލްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ބޮޑުބައި ދެ ޓީމު އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ލާޒިއޯ މޮޅުވީ މެޗުގެ 79 ވަނަ މިނިޓްގައި ޖެހި ގޯލުންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސްވިޑެންގެ ގުސްޓާވް އައިސަކްސަން އެވެ.

މި މެޗުގައި ނަޕޯލީން ލަނޑެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.

މެޗަށް ފަހު ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ، މުޅި ސީޒަނުގައި ވެސް ނަޕޯލީން ކުޅެން ގަސްދުކޮށްފައިވާ ސްޓައިލަށް ކުޅެގެން މި މެޗުން ވެސް މޮޅުވާން ކުޅުންތެރިން ކުރި މަސައްކަތް ފާހަަގަކުރާކަމަށެވެ. މި މެޗުގައި ގޯސްކޮށް ދިޔައީ ނަތީޖާ ކަމަށާއި މި މެޗުގައި މަސައްކަތް ކުރި ވަރަށް ކުރުމަށް ފަހު، ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ކުޑަކޮށް ރަނގަޅުކުރި ކަމުގައި ވިޔަސް، ލީގުގައި ކުރިއަށް ހުރި ގިނަ މެޗުތަކަކުން ނަޕޯލީ މޮޅުވާނެ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox