މީޑިއާ ހައުސް މެދުވެރިކޮށް ރައީސް މުއިއްޒު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދޭން އެމްޑީޕީން އެދިއްޖެ

މީޑިއާ ހައުސް މެދުވެރިކޮށް ރައީސް މުއިއްޒު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދޭން އެމްޑީޕީން އެދިއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އިމާރާތެއް ހިފުމަށް އެއްބަސްވުން ގާއިމުކުރި މޯލްޑިވްސް މީޑިއާ ހައުސް އާއި އެ ކުންފުނީގެ ހިއްސާދާރުން ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން ފުލުހުންގެ ކިބައިން މައި އިދިކޮޅު ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.

އެމްޑީޕީން ވަނީ މިއަދު އެ މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންގެ އިދާރާގައި އެދިފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި މއ. ސީރާޒީގެއިން ގިނަ ފަންގިފިލާތަކެއް މީޑިއާ ހައުސްއިން ވަނީ ކުއްޔަށް ނަގާފަ އެވެ. އެއީ, އެ ކުންފުނީގެ އޮފީހާއި, ޓީވީ ސްޓޭޝަން އަދި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް ނެގި ފަންގިފިލާތަކެކެވެ.

އެ ފަންގިފިލާތައް ހިފުމަށް ހަ މަސް ދުވަހުގެ އެޑްވާންސް ފައިސާ ދައްކާފައި ވަނީ ނަގުދު ފައިސާއިން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

"އެންސްޕާގެ އޮފީސް ހިންގުމަށް ތަނެއް ކުއްޔަށް ނެގުމުގެ ނަމުގައި ހަގީގަތުގައި ހިންގި މުއާމަލާތަކި ރައީސް މުއިއްޒުގެ މަސްލަހަތު އޮންނަ އެމްއެމްޓީ ހިންގުމުގެ ހަރަދު ހަމަޖައްސައި ދިނުމެވެ. އެންސްޕާގެ މި މުއާމަލާތާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވުމުން އެ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިޔަސް, ގާނޫނުން މަނާކުރި ކުށުގެ އަމަލު އޮތީ ފުރިހަމަ ވެފައި," އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސްއިން މއ. ސީރާޒީގެއިން ނަގާފައިވާ ފަންގިފިލާތަކުން އެންސްޕާގެ އޮފީސް ހިންގަން، ކުއްޔަށް ދިނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުން މިހާރު ވަނީ އުވާލާފަ އެވެ.

ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރުގެ ނަމުގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރިއިރު އޭނާއަކީ އެއްވެސް ވިޔަފާރިއެއް މިހާތަނަށް ކުރި މީހެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.

އަދި, އޭނާގެ ބެލުމުގެ ދަށުން އެ މުއާމަލާތްތައް ހިންގާތީ, އެއީ ރައީސް މުއިއްޒު އެކި ގޮތްގޮތުން ހޯދާ ފައިސާ ލޯންޑާ ކުރުމަށް އަމަލެއް ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި, އެ މައްސަލަ ބަލައިދޭން އެދިފައިވެ އެވެ.

ފުލުހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް އެދިފަ އެވެ.

ރައީސް މުއިއްޒު ޕްރޮމޯޓުކުރަން އުފެއްދި ޓީވީ ޗެނަލްގެ ކުންފުނިން، ބޮޑު އަގުގައި އެންސްޕާއަށް އޮފީހެއް ކުއްޔަށް ދިންކަން ހާމަވުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އޮއްސައިލި އެވެ. އެ މުއާމަލާތާ ގުޅޭ ގޮތުން އެންސްޕާއިން ބަހެއް ނުބުނެ ތިބުމަށް ފަހު، މައްސަލަ ފޮނުވީ އޭސީސީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox