ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވިއިރު، ޕެލަސް އާއި ސިޓީ އެއްވަރު

Dec 8, 2024, 3:33 AM
ފޮރެސްޓް އަތުން ޔުނައިޓެޑް ބަލިވިއިރު، ޕެލަސް އާއި ސިޓީ އެއްވަރު

ލަންޑަން (ޑިސެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވިއިރު، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުތް މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މިއީ، ގާތްގަނޑަކަށް 30 އަހަރު ތެރޭ ޔުނައިޓެޑް ދަނޑުގައި އެ ޓީމު އަތުން ފޮރެސްޓް މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، 1992 ވަނަ އަހަރަށް ފަހު، ފޮރެސްޓުން މި ވަނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ މެޗުން ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަދި ޕެލަސް އާއި ސިޓީން ކުޅުނު މެޗު އެއްވަރުވެ، ހާލަތު ބަދަލުކުރަން ސިޓީން އިތުރު މަސައްކަތްތަކެއް ވަނީ ކުރަންޖެހިފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން ރޭ ރަށުންބޭރުގައި އެވަޓަންއާ ކުޅެން އޮތް މެޗު ވަނީ ވައިގެ ތޫފާނުގެ އަސަރުކުރާނެ ކަމަށް ބެލެވޭތީ ފަސްކޮށްފަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އާއި ތިން ވަނައިގައި އޮތް އާސެނަލަށް 14 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ. ސިޓީ ހަތަރެއްގައި އޮތީ 15 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކޯނަރަކުން އައި ބޯޅައެއްގައި، ފޮރެސްޓަށް ލީޑުނަގައިދިނީ، ނިކޮލަ މިލެންކޮވިޗް ބޮލުން ޖެހި ގޯލުންނެވެ. ޔުނައިޓެޑުން ވަނީ ރަސްމުސް ހޮއިލުންޑް ރީބައުންސަކުން ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ފޮރެސްޓުން ވަނީ އޭގެ ފަހުން، ދެ ވަނަ ހާފުގައި ކުޅެން އަރަައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން އެ ޓީމަށް އަލުން ލީޑުނަގައިދިނީ އޭރިއާބޭރުން، މޯގަން ގިބްސް-ވައިޓް ވައްދާލި ގޯލުންނެވެ. އަދި ކްރިސް ވުޑް ބޮލުން ގޯލެއް ޖަހައި، ޕެލަސް އަށް ލީޑުފުޅާކޮށްދީފައިވަނިކޮށް، ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އޭރިއާ ރޮނގުމަތިން ގޯލަށް ބޯޅަ ފޮނުވާލައިގެން އެ ޓީމުގެ ދެ ވަނަ ގޯލު ޖެހި އެވެ.

މި މެޗުން ބަލިވެ، ޔުނައިޓެޑް ލީގުގެ 13 ވަނައިގައި އޮތީ، 15 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ސިޓީއާ ދެކޮޅަށް ރޭ ޕެލަސް އިން ލީޑުނެގީ، ޑެނިއަލް މުނޯޒް ޖެހި ގޯލުންނެވެ. ސިޓީން ވަނީ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. އެކަމަކު، ޕެލަސް އިން ލިބުނު ކޯނަރެއްގައި، މެކްސެންސް ލަކްރޯޝް ބޮލުން ގޯލެއް ޖަހައި އަލުން އެ ޓީމަށް ލީޑުނަގައިދިނެވެ. އެކަމަކު، ރީކޯ ލެވިސް ވަނީ ގޯލެއް ޖަހައި ސޓީ އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ލެވިސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

އަންނަ ހަފްތާގައި ސިޓީން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ލެވިސް ސަސްޕެންޑްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox