ހާލަތު ބަދަލުކުރަން ލޮޕެޓެގީ އަށް އިތުރު ފުރުސަތެއް ވެސްޓް ހޭމްގެ ވެރިން ދީފި

Dec 7, 2024, 5:29 AM
ހާލަތު ބަދަލުކުރަން ލޮޕެޓެގީ އަށް އިތުރު ފުރުސަތެއް ވެސްޓް ހޭމްގެ ވެރިން ދީފި

ލަންޑަން (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް ދަށްކޮށް ދިޔަ ނަމަވެސް، އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ވަކިނުކޮށް، އަދިވެސް އޭނާ އަށް ކަންކަން ރަނގަޅުކުރަން ފުރުސަތެއް ދޭން ނިންމައިފި އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ލޮޕެޓެގީގެ އިރުޝާދުގެ ދަށުން ވެސްޓް ހޭމް މޮޅުވީ އެންމެ މެޗަކުންނެވެ. އެންމެ ފަހުން ވެސްޓް ހޭމް ކުޅުނު މެޗުން ލެސްޓާ ސިޓީ އަތުން ބަލިވުމުން، ވެސްޓް ހޭމްގެ ބޯޑު މެމްބަރުންގެ މެދުގައި ލޮޕެޓެގީ ވަކިކުރަން ވޯޓެއް ނެގުނުއިރު، މިހާރު ނިންމާފައިވަނީ، ފަހު ފުރުސަތެއް ދީ ޓީމުގެ ހާލަތު ބަދަލުކުރެވޭތޯ ލޮޕެޓެގީ ފަހަތުގައި އަދި ހުރުމަށެވެ.

މިދިޔަ ސީޒަން ފެށުނުތަނާ ވުލްވްސްގެ ކޯޗުކަމުން ވަކިކުރި ލޮޕެޓެގީ އަށް ވެސްޓް ހޭމްގެ ކޯޗުކަން ދިނީ މިދިޔަ މެއި މަހު އެވެ. އަނެއްކާ ވެސް ސީޒަނެއްގެ ކުރީކޮޅުގައި ޓީމެއްގެ ކޯޗުކަމުން ވަކިކުރުމާ ގާތުގައި ހުރި ލޮޕެޓެގީ ބުނީ، ވުލްވްސްގައި ދިމާވި ކަންކަމާއި ވެސްޓް ހޭމްގެ މި ހާލަތު އެއްގޮތް ކޮށްގެން ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

Advertisement

"ވަރަށް ތަފާތު ދެ ހާލަތެއްގެ ވާހަކަ މި ދައްކަނީ. އަހަރެން ވަރަށް ޝައުގުވެރިކަމާ އެކު، އިތުބާރާ އެކު ވެސްޓް ހޭމްގައި މަސައްކަތް މި ކުރަނީ. ކުރިން ވެފައި ހުރި ކަމެއްގެ ވާހަކަ ދައްކަން ނުވިސްނަން، ބޭނުމީ ވެސްޓް ހޭމް އިން ބޭނުންވާ ފޯމަށް އެ ޓީމު ގެންނަން، އެ މަސައްކަތުގައި މި ހުރީ،" ކުރިން ސްޕެއިން ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ވެސް އިރުޝާދުދިން ލޮޕެޓެގީ ބުންޏެވެ.

މި ފަހަރު ލީގުގައި ވެސްޓް ހޭމް އިން ކުޅުނު 14 މެޗުން އެ ޓީމު ހަތަރު މެޗުން މޮޅުވިއިރު، ހަތް މެޗުން ވަނީ ބަލިވެފަ އެވެ. ކުރިއަށް އޮތް މެޗުން ވެސްޓް ހޭމް ބަލިވެއްޖެނަމަ، އެއީ ލޮޕެޓެގީގެ ފަހު މެޗަށް ވުމުގެ ފުރުސަތު އޮތްއިރު، އެ ކަމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ އެހުމުން ލޮޕެޓެގީ ބުނީ، އެއީ އޭނާ އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ވެސްޓް ހޭމް އިން ދެން ކުޅޭ މެޗުގައި ބައްދަލުކުރަނީ ލޮޕެޓެގީގެ ކުރީގެ ޓީމު ވުލްވްސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox