ސަވާދުގެ ވަރުގަދަ ރައްދެއް: ވިޔަފާރިވެރިންނަކީ ރައްޔިތުންގެ އަދުއްވުން ކަމަށް ދައްކަނީ ބައިބައިވުމާއި ފަސާދަ އުފައްދަން

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު

ވިޔަފާރިވެރިންނަކީ ރައްޔިތުންގެ އަދުއްވުންކަމަށް ދައްކަން އުޅޭ ކޮންމެ މީހަކީ މީސްތަކުންގެ މެދުގައި ބައިބައިވުމާއި ފަސާދަ އުފައްދަން އުޅޭ މީހެއްކަން ވިސްނަން ވެއްޖެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

ކުރިން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެެއްވި ސަވާދު މިހެން ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލިބޭ ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމަކީ "އަމިއްލަ މީހުންގެ މުދާ ދައުލަތަށް ނެގުން ފަދަ އަމަލެއް" ކަމާއި އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކުގަ އެވެ.

"ހަލާލު މަސައްކަތުން މީހުން ހޯދާ އާމްދަނީއާ މުދަލަކީ ދުސްތޫރީ، ގާނޫނީ އަދި ޝަރުއީ ހިމާޔަތް ލިބިގެންވާ އެއްޗެއް. ވިޔަފާރިވެރިންނާއި ރައްޔިތުންނާ އެއީ އަދުއްވުންކަމަށް ދައްކަން އުޅޭ ކޮންމެ މީހަކީ މީސްތަކުންގެ މެދުގައި ބައިބައިވުމާ ފަސާދަ އުފައްދަން އުޅޭ ބައެއްކަން ވިސްނަންވެއްޖެ" އެއްވެސް މީހެއްގެ ނަން ވިދާޅުނުވެ ސަވާދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސަވާދުއަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހުގެ އެއްބަގަނޑު އެއްބަފާ ކޮއްކޮ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމާއި ބަންޑާރަ ނައިބުގެ މަގާމު އޭނާ ފުރުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ތިމާގެ އަތުގައި ބާރު އޮތަތީވެ މީހުން ބުރަ މަސައްކަތުން ހޯދާ މުދަލަށް އަރައިގެނެވޭނެކަން ދެއްކުމަކީ އަނިޔާވެރިވުން ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ. އެފަދަ އަމަލުތަކަކީ ފަރުދުންގެ ހިމާޔަތަށްވުރެ ވެރިންގެ މަސްލަހުތު އިސްކުރުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަންގަން ފެށުމުން، އެ ވިޔަފާރިވެރިންނަކީ ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ބައެއް ކަމަށް ސިފަ ކުރައްވައި ވަރުގަދަ ބަހުގެ ހަމަލާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 14 ގައި ދެއްވި އެވެ.

"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު، ސަވާދު އިޝާރާތް އެ ކުރައްވަނީ މި ވާހަކައަށް ކަމަށް ބެލެވެ އެވެ.

އަމިއްލަ ވިޔަފާރިތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ވިޔަފާރިން ލިބޭ ބޭރު ފައިސާގެ އާމްދަނީ އަކީ އެ ވިޔަފާރިތަކުގެ އަމިއްލަ މުދާ ކަމަށާއި އެ އާމްދަނީ ރުފިޔާއަށް މާރުކުރަން ލާޒިމްކުރުމަކީ އަމިއްލަ މީހުންގެ މުދާ ދައުލަތަށް ނެގުން ފަދަ އަމަލެއް ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) ދަށުން މުދާ ހޯދާ، ގެންގުޅެ، މިލްކުކުރުމަކީ ކޮންމެ މީހެއްގެ ވެސް އަސާސީ ހައްގެއް ކަމަށް ލިޔެފައި ވާއިރު، "މީހުންގެ މުދަލަށް ހަދަންވީ ގޮތް އެނގޭނީ އޭގެ މިލްކުވެރި ފަރާތަށް" ކަމަށް ސަވާދު ވިދާޅުވި އެވެ.

"ދައުލަތުގެ ބޭނުމަށް މީހެއްގެ މުދާ ނަގަނީ ނަމަ، ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގަ ބަޔާންކޮށްފަވާ ގޮތަށް ކޯޓު މެދުވެރިކޮށް ބަދަލު ދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ދިވެހިންނަށް އެމެރިކާ ޑޮލަރު ލިބުން ދަތިވީ ވިޔަފާރިތަކުން ކުރާ ކަމަކުން ނޫންމަށާއި ރާއްޖޭގެ ބޭންކުތަކަށް ބޭނުންވާ ބޭރު ފައިސާ ސަޕްލައި ކުރުމަކީ މަރުކަޒީ ބޭންކުގެ ޒިންމާއެއް ކަމަށް ސަވާދު ވިދާޅުވި އެވެ. މަރުކަޒީ ބޭންކުތަކުން އެކަން ކުރަނީ ބޭނުންވާ ބޭރު ފައިސާ އެކި ގޮތްގޮތަށް ބައިނަލްއަޤްވާމީ މާލީ ބާޒާރުން އަގުދީފަ ގަނެގެން ކަމަށާއި ރާއްޖޭގަ ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލިގެންދާ އެއް ސަބަބަކީ އެމްއެމްއޭގެ ޒިންމާ އަދާ ނުކުރާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭރު ފައިސާއިން އާމްދަނީ ނުލިބޭ ކަންކަމަށް ބޭރު ފައިސާއިން ނަގާ ދަރަނި ހޭދަ ކުރުމަކީ "ޕަބްލިކް ފައިނަންސް ސުމާރެއް ނެތް ގޮތަށް މިސްމެނޭޖްކުރުމުގެ ނަތީޖާ" ރައްޔިތުންގެ މާލިއްޔާ އަށް ހިޔާނާތްތެރިވެގެން އެކަމެއް ނުވާނެ ކަމަށް ސަވާދު ވިދާޅުވި އެވެ.

"ޕަބްލިކް ފައިނޭންސް ޕޮލިސީ ފެއިލްވުމުގެ އަގު އަމިއްލަ ވިޔަފާރިތަކުގެ ބޭރު ފައިސާ އާމްދަނީއިން ދައްކަން ބޭނުމިއްޔާ ގާނޫނު އަސާސީގެ 40(ށ) ބުނާ ބަދަލު ދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ޓޫރިޒަމް ދާއިރާގެ ގިނަ ކުންފުނިތަކަކުން ބުނުމުން ވެސް ރައީސް މުއިއްޒު ހަރުކަށި ގޮތެއްގައި ވިދާޅުވެފައި ވަނީ އެ ގަވާއިދު ބަދަލު ނުކުރާނެ ކަމަށާއި 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox