ހަރަދު ކުޑަކުރުމަށްޓަކައި ކުރާ ބޮޑު ހަރަދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އޭޕްރިލް 8، 1990 ތާރީހުގައި މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫއަށް ނަގޫރޯޅިއެއް އެރި އެވެ. އެތައް ގެއެއްގެ ފުރާޅުތައް އެއްލާލި އެ ހާދިސާގައި މުޅި ރަށަށް ސާޅީހަކަށް ހާސް ރުފިޔާގެ ގެއްލުން ލިބުނެވެ. އޭރުގެ ގޮތުންނަމަ ކުޑަ އަދަދެއް ނޫނެވެ. ސަރުކާރުން ވެސް މިކަމާ ކަންބޮޑުވެވަޑައިގެން އެ ރަށަށް އެހީ ދެއްވުމަށް ނިންމެވި އެވެ. އެހީ ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދެތިން ވަޒީރުންގެ ހާއްސަ ވަފުދެއް އެރަށަށް ފޮނުއްވި އެވެ. އެ ހާއްސަ ވަފުދުގެ ހާއްސަކަމުން އެ ވަފުދު އެރަށަށް ވަޑައިގެންނެވީ ހަމިންބާޑުގެ ހެލޮކޮޕްޓަރެއްގަ އެވެ. ހެލިކޮޕްޓަރު ކުއްޔަށް ދެނީ ގަޑިއިރަކަށް ފަނަރަ ސަތޭކައެއްހައި ޑޮލަރަށެވެ.

ވަފުދުގެ ބޭފުޅުން އެރަށުގައި ފަސްގަޑިއިރު މަޑުކުރެއްވި އެވެ. އެމަގުން ބަލާއިރު އޭރުގެ ޑޮލަރު ރޭޓުން ފަސްދޮޅަސް ހަތްހާސް ރުފިޔާ އެކަމަށް ހަރަދުކުރެއްވި އެވެ. އެއީ ގުދުރަތީ ހާދިސާއެއްގައި ލިބުނު ސާޅީހަކަށްހާސް ރުފިޔާގެ ގެއްލުން ފޫބެއްދުމަށް އޭރުގެ ސަރުކާރުން ކުރެއްވި ހަރަދެވެ. އެ ސާޅީސްހާސް ރުފިޔާގެ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ހިތަށް އެރުވީތީ އިތުރު ފަސްދޮޅަސް ހާސް ގެއްލިގެން ދިޔައީ އެވެ. މި ވާހަކަ ލިޔެފައި އޮތީ އެދުވަސްވަރު ނެރުނު މަޖައްލާއެއްގަ އެވެ.

މާތް ރަސްކަލާނގެ ހެއްދެވިހައި މަހުލޫގުންގެ ތެރެއިން އިންސާނާ ތަފާތުވަނީ ބުއްދީގެ ނިއުމަތުގެ ސަބަބުންނެވެ. ގެއްލުމަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިހަށްވުރެ ބޮޑު ގެއްލުން ހޯދައިގަތުމަކީ ކޮންފަދަ ކޮސްކަމެއް ހެއްޔެވެ.

'ހަމަ ހަގީގަތުގަވެސް އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ރާއްޖޭގެ މި އިގްތިސާދީ ސިޔާސަތު ހައްލުކުރުމުގަ.' މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު މޫނުފުޅުމަތިން އެ ފެނުނު ސާބިތުކަމުން އެމަނިކުފާނުގެ ގާބިލުކަމާމެދު ދިވެހިންނަށް ލިބިގެން ދިޔައީ އުއްމީދަކާއި ޔަގީންކަމެކެވެ. އެއީ އަވާމެންދުރެއްކަން މި އެނގެނީ ފަސް އަހަރުގެ ދައުރުން އަހަރެއްގެ ރާސްތާ ކަނޑައްތުކުރިއިރުވެސް އެ ގާބިލުކަން އަތުނުވާތީ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހައެއްކަ މަސް ވަންދެން ކުރީ ސަރުކާރަށް ވަށިވަށިން ދެއްވީ އެވެ. އެވެނިމިވެނި ކަމެއް ކޮށްފައި އޮތްގޮތް ގޯސްވެގެން ޝަކުވާބަނދެ، ކެޔޮޅުބެ އަންހެނުން ރަތްމަހަށް ނުގޮވާހާ އެއްޗިހި ކުރީ ސަރުކާރަށް ގޮވި އެވެ. ފުރަތަމަ ހަމަސް ދުވަހު ހިންގެވީ އެ މަޝްރޫއު އެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރީ އެ ވާހަކަ ދައްކައިގެންނެވެ.

ދެން ފެށްޓެވީ ހަރަދު ކުޑަކުރެއްވުމުގެ ބިޔަ ބޮޑު މަޝްރޫއު އެކެވެ. އެ މަޝްރޫއުގެ ދަށުން މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ދެހާހަށް އިތުރުކުރައްވައިފި އެވެ. ބޮޑެތި ވަފުދުތަކާއެކު ދުނިޔޭގެ ބައްރުތަކަށް ރަސްމީ އަދި ނުރަސްމީ ހައިސިއްޔަތުން އެތައް ދަތުރުފުޅުތަކެއް ކުރައްވައިފި އެވެ. ރާއްޖެއިން ފުރައިގެންދިއުމަށް ދައްކަންޖެހޭ ޓެކުހެއް ތައާރަފުކޮށް ރާއްޖެއަކީ 'އަގުބޮޑު' މަންޒިލެއް ކަމަށް ދުނިޔެއަށް މަޝްހޫރުކުރައްވައިފި އެވެ. ގިނަ މަޝްރޫއުތައް ފަށްފަށްކޮށް އިއުލާނުކުރައްވަ އެވެ. ފަށްޓަވާ މަޝްރޫއު ރަނގަޅަށް ނުފެށެނީސް ހުއްޓުވައި ބަދަލުކުރައްވަ އެވެ.

ހަރަދު ކުޑަކުރުމުގެ އެ މަޝްރޫއުގެ ދަށުން މިހާރު އެ އަޅުއްވާ ފިޔަވަޅަކީ ރިފޯމް އޮފީހެއް ގާއިމުކުރެއްވުމެވެ. އެ އޮފީސް ހިންގަވާނީ އާދައިގެ ތޯތޯ މީހެއް ނޫނެވެ. ފިނޭންސްގެ ދާއިރާއިން ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮވެފައި، ދިހަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުރި މާލީ ރިފޯމް ކޮމިޝަނަރެކެވެ. އެވަރުގެ ބޭފުޅަކު މަސައްކަތްޕުޅު ކުރައްވާނޭ ރީތި އޮފީހެއް ބޭނުންވާނެ އެވެ. ގައިމު މަދުވެގެން ތިރީހަކަށް މުވައްޒަފުން ނެތި އެހައި ޝަރަފުވެރި އޮފީހެއް ނުހިންގޭނެ އެވެ. އެ އޮފީހުގެ ފަރާތުން ރާއްޖޭގެ ހާލަތު ދިރާސާކުރާނެ އެވެ. އެކަމަށްޓަކައި ރަށްރަށަށް ދަތުރުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެން ގައުމުތަކުގައި އެކަން ކުރާ ގޮތް ދެކި ތަޖުރިބާކުރެއްވުމަށް ރާއްޖެއިން ބޭރަށްވެސް ދަތުރުފުޅުކުރައްވަފާނެ އެވެ. މިއުޅެނީ ރާއްޖޭގެ އިގްތިސާދު ރިފޯމުވާށެވެ. އަޅުގަނޑުމެން އުފާކުރަންވީ އެވެ. ކޮނޑުހުޅުން އަތް ލުހެންދެން އަތްޖަހަންވީ އެވެ.

ގައުމުގެ ރައީސެވެ. އަޑުއައްސަވާށެވެ. ތިޔައީވެސް ބޮޑުވެ ފުރާފުރިހަމަވެފައިހުރި ބޮޑު ސިންގާ ފިރިހެނެކެވެ. އަމިއްލަފުޅު ސިކުނޑި ބޭނުން ނުކުރައްވައި ތިޔަ ރައްކާތެރިކުރައްވަނީ ފަހުން ކުރިމަތިވެދާނޭ ކޮންކަމެއްގައި ގޭނުމަށް ކަމަށްތޯ އެވެ. ސިކުނޑިއަކީ ބޭނުންކުރުމުން ހުސްވާ އެއްޗެއް ނޫނެވެ. ބޭނުންކުރި ވަރަކަށް ވާނީ ތޫނެވެ. ވިސްނަވާށެވެ. މަނިކުފާނުގެ މާލީ ވަޒީރެއް އެބަހުއްޓެވެ. އެތަނުގައި ވަރުވަރުން މުވައްޒަފުން އެބަތިއްބެވެ. ތިޔަ ވިދާޅުވާ ރިފޯމު މަސައްކަތަކީ އެ ވުޒާރާގެ ތެރެއިން ހިންގޭނޭ މަސައްކަތެކެވެ. މާލީ ރިފޯމޭ ވިދާޅުވެ އަރިސް ބޭފުޅަކަށް ވަޒީފާ ދެއްވުމަށް ތިޔަ ޖެއްސެވި ޗައްކަރު އެހެން މީހަކަށް ނުފިލައި އޮވެދާނޭކަމަށް ނުހިއްތަވާށެވެ. އަނެއްކާވެސް އަޅުގަނޑުމެންގެ ފައިސާއިން އެތައް ހަރަދެއް ކުރެއްވުމަށް ތިޔަ ފައިނެންގެވީ އެހުމެއް ކެހުމެއް ނެތި އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އަޅުގަނޑުމެންނަށް ސާފެވެ. އެކަމަކު މަނިކުފާނަށް އެކަން ސާފުވާހެން ހިއެއް ނުވެ އެވެ. ނުވަތަ އެނގިވަޑައިގެން ހުންނަވައިމެ ތިޔަ އަޅުއްވާ ހޮޅި ފިޔަވަޅުތަކުން އަޅުގަނޑުމެން އިތުރަށް ނިކަމެތިކޮށްލުމަކީ މަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލަކަށް ވަނީ ހެއްޔެވެ. ހަރަދު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ކުރަމުންދާ ހަރަދުތަކުގެ ތެރެއިން ހުއްޓާލެވެން އޮތް ހަރަދުތައް ހުއްޓާލުމެވެ. ނުވަތަ ކުޑަކުރުމެވެ. ހަރަދު ކުޑަކުރާނޭ ގޮތެއް ދެނެގަންނާން ކަމަށް ތިޔަ ކުރައްވާ ހަރަދަކީވެސް އިތުރަށް އަޅުގަނޑުމެންގެ އަތުން ހިނގާ ހޭދައެކެވެ. މިވަރުގެ އާދައިގެ ހިސާބެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގަންނަވައޭ ހީވާ ކަހަލަ މަންޒަރުތައް ފެނުމަކީ އިތުރު ބިރުވެރިކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox