ދެ އަހަރު ކުރިން ކުޅުދުއްފުށީ ފަރަށް އެރި ބާޖު 10 ދުވަސް ތެރޭގައި ނަގަން އަމުރުކޮށްފި

ކުޅުދުއްފުށީ ފަރަށް ބީހުނު 'ޓިއާންޖިން' ބާޖު: މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަނިކޮށް --- ފޮޓޯ: ހުސެއިން ދާވޫދު

ކުޅުދުއްފުށީ ފަރަށް ބީހުނު 'ޓިއާންޖިން' ބާޖު: މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަނިކޮށް --- ފޮޓޯ: ހުސެއިން ދާވޫދު

މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރުމައްޗަށް ބީއްސާލި ބާޖާއި އެ ބާޖުން އެ ސަރަހައްދަށް އެޅިފައި ހުރި ހިލަތައް އިއްޔެއިން ފެށިގެން 10 ދުވަހުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ބާޖު ނަގައިދޭން އަމުރުކޮށްދިނުމަށް އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.

ސީޝަލްސްގައި ރަޖިސްޓްރީކޮށްފައިވާ އައުރިސް އެސްއެސް ލިމިޓެޑުގެ 'ޓިއަންޖިން' ނަމަކަށް ކިޔާ މި ބާޖު ކުޅުދުއްފުށީ ފަރަށް ބީހުނީ، ޖުލައި 14، 2023 ގަ އެވެ. މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަތުރުކުރަނިކޮށެވެ.

މި އުޅަނދު އެތަނުން ނަގަން އީޕީއޭއިން ފުރަތަމަ އެންގީ އެ ސަރަހައްދަށް ލިބުނު ގެއްލުން ދިރާސާކުރަން ހިންގާ ޖޮއިންޓް ސާވޭގެ ކުރިންނެވެ. ނަމަވެސް އެ ދިރާސާތައް ނިންމާ، ޖޫރިމަނާ ނުކުރަން އެ އަހަރުގެ އޮކްޓޫބަރު 21، ގައި އީޕީއޭއިން ނިންމިއިރު ވެސް މި ބާޖު އެތަނުން ނުނަގަ އެވެ.

އީޕީއޭއިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުގައި މި ބާޖު ފުންކުރުމުގެ މަސައްކަތް އައުރިސްއިން ހަވާލުކުރީ ބީމްސީ ސްލިޕްވޭ އެންޑް ސަލްވޭޖު ކުންފުންޏާ އެވެ. ނަމަވެސް ބާޖު ފުންކުރުމުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިނުމުން ވެސް ފަރުމަތިން ބާޖު ނުނަގަ އެވެ.

މައްސަލައިގެ ކަންހިނގައިދިޔަ ގޮތުގެ ޓައިމްލައިން

  • ޖުލައި 14، 2023 - ބާޖު ފަރަށް ބީހުން
  • ޖުލައި 17، 2023 - ތަފްސީލު ރިޕޯޓު ފޮނުވަން އީޕީއޭއިން ސިޓީ ފޮނުވުން
  • ޖުލައި 20، 2023 - މުއްދަތު އިތުރުކޮށްދޭން އެދުން
  • ޖުލައި 25، 2023 - އިންސިޑެންޓް ރިޕޯޓު އީޕީއޭއަށް ލިބުނ
  • އޮގަސްޓު 7، 2023 - ޖޮއިންޓް ސާވޭގެ ކުރިން އުޅަންދު ނަގަން އެނގުން
  • އޮގަސްޓު 24، 2023 - ބާޖު ފުންކުރުމުގެ މަސައްކަތް އަވަސް ކުރަން އެނގުން
  • ސެޕްޓެމްބަރު 4، 2023 - ބާޖުގެ މައްސަލައިގައި ކުޅުދުއްފުށި ކައުންސިލުން ސިޓީ ފޮނުވުން
  • އޮކްޓޫބަރު 21، 2023 - އީޕީއޭއިން ސާވޭކުރުމަށް ފަހު ޖޫރިމަނާ ނުކުރަން ނިންމުން
  • އޮކްޓޫބަރު 31، 2023 - ބާޖާއި އެތަނަށް އެޅުނު ހިލަތައް ނަގަން އެންގުން
  • ނޮވެމްބަރު 1، 2023 - ބާޖު ފުންކުރުމުގެ މަސައްކަތް ބީއެމްސީއާ ހަވާލުކުރިކަން އެންގުން
  • ޖެނުއަރީ 21، 2024 - 15 ދުވަހުގެ ތެރޭގައި ބާޖު ފުންކުރާނެ ކަމަށް ބުނުން
  • ފެބްރުއަރީ 18، 2024 - ފެބްރުއަރީގެ ނިޔަލަށް ބާޖު ރީފްލޯޓު ކުރާނެ ކަމަށް
  • މާޗު 31، 2024 - ބާޖު ފުންކުރަން 15 ދުވަހުގެ މުއްދަތެއް ދިނުން
  • އޭޕްރިލް 2، 2024 - ބާޖު ނެގޭނެ ކަމަށް ބުނެ އިތުރު މުއްދަތެއް ދިނުން
  • ޖެނުއަރީ 25، 2025 - މައްސަލަ ކޯޓަށް ހުށަހެޅުން

އީޕީއޭއިން މި މައްސަލަ ކޯޓަށް ހުށަހެޅީ މި އަހަރުގެ ކުރީކޮޅެވެ. މި މައްސަލައިގެ ތެރޭގައި އީޕީއޭއިން ވަނީ ބާޖާއި ހިލަތައް އެ ތަނުން ނުނަގާ ހުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން، ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށާއި އިންފްރާސްޓްރަކްޗާއަށް ގެއްލުންވުމުގެ ފުރުސަތު އޮތް މައްސަލަ ވެސް ފާހަަގަކޮށްފަ އެވެ.

މި ބާޖު ބީހުނީ ކުޅުދުއްފުށީ އެއާޕޯޓުގެ ހުޅަނގު އުތުރު ސަރަހައްދަށެވެ. މީގެ ސަބަބުން އެއާޕޯޓުގެ ސީވޯލްއަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުގެ ޝަކުވާ އެ އެއާޕޯޓު ހިންގި ރީޖަަނަލް އެއާޕޯޓްސް ކުންފުނިންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އީޕީއޭއާ ހިއްސާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox