ބަލިމީހަކަށް ދިން އެހީ އާންމު ކުރި މައްސަލައިގައި އެންސްޕާއިން މައާފަށް އެދިއްޖެ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު (ވ): ބަލިމީހަކަށް ދިން އެހީ އާންމު ކުރުމަށްފަހު އެންސްޕާއިން ވަނީ މައާފަށް އެދިފައި -- ފޮޓޯ؛ އެންސްޕާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު (ވ): ބަލިމީހަކަށް ދިން އެހީ އާންމު ކުރުމަށްފަހު އެންސްޕާއިން ވަނީ މައާފަށް އެދިފައި -- ފޮޓޯ؛ އެންސްޕާ

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލި މީހަކާ ގުޅޭ މައުލޫމާތު ހިމެނޭ ނޫސް ބަޔާން އެކްސް އިން ޑިލީޓްކޮށް، އެ މައުލޫމާތު އާންމު ކުރެވުނީތީ މިރޭ މައާފަށް އެދިއްޖެ އެވެ.

އެންސްޕާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ އެޖެންސީން ބަލި މީހަކަށް އެހީ ނުދިން ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ އެ އެޖެންސީ ބަދުނާމުވާ ގޮތަށް ފެތުރުނު ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނުގައި ބަލި މީހާއަށް ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައިވާތީ މައާފަށް އެދޭ ކަމަށެވެ.

"މި ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާން ކޮށްފައި ނެތް ނަމަވެސް، އެ ބަޔާނުގައި ބަލި މީހާއަށް މި އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައި ވާތީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވުމާއެކު، އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މި އެޖެންސީން މައާފަށް އެދެން،" އެންސްޕާއިން ބުންޏެވެ.

އެންސްޕާއިން ލިބުނު އެހީއާ މެދު އޮތް ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކަށް މިދިޔަ އަހަރުން ފެށިގެން އެ އެޖެންސީން ދިން އެހީގެ ތަފުސީލުތައް އާންމު ކުރި އެވެ.

އެ ނޫސްބަޔާނުގައި ބުނީ އެ މައުލޫމާތު އާންމު ކުރީ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެ އެޖެންސީން އެހީ ހަމަޖައްސައިނުދިން ކަމަށް ބުނެ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ދެކެވެމުންދާ ވާހަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކަމަށެވެ.

އެގޮތުން އެ މީހަކަށް، މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ ނުވަ ފަހަރަކު އެންސްޕާއިން އެހީ ފޯރުކޮށްދީފައިވާ ކަމާއި، އެއިން ކޮންމެ ފަހަރަކު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވެސް ނޫސްބަޔާނުގައި އާންމުކޮށްފައިވެ އެވެ.

އެންސްޕާއިން ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި މީހާއަށް ރައްދު ދެމުން ބުނީ އެ މައްސަލައިގައި ހިމެނޭ މީހާއަށް އެއްވެސް އިރެއްގައި އެ އެޖެންސީން 1000 ޑޮލަރު، އެހީގެ ގޮތުގައި ދިން ކަމަށް ސިސްޓަމްތަކުން ވެސް އަދި ލިޔުމަކުން ވެސް ފެންނަން ނެތް ކަމަށެވެ.

އެ ޕޯސްޓާ ގުޅިގެން އެ ޕޯސްޓު ކުރި މީހާއާ ވެސް އެންސްޕާއިން ބައްދަލު ކުރި ކަމަށާއި ބައްދަލު ކުރުމުން، އޭނާއަށް ލިބުނު ކަމަށް ބުނާ ފައިސާއަކީ އެންސްޕާއިން ލިބިފައިވާ ފައިސާއެއް ނޫންކަން އޭނާއަށް ސާބިތުކޮށްދިން ކަމަށް އެންސްޕާގެ ބަޔާނުގައި ބުންޏެވެ.

އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާނަމަ، އެއީ އެހީ ހަމަޖައްސައިދެވޭ އުސޫލާއި މިންގަނޑުތަކާ ހިލާފަށް އަދި އެހީދޭ ނިޒާމުން ބޭރުން ހިންގާފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް އެންސްޕާގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox