މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުން ލަސްވަނީ ކައުންސިލުގެ މާލީ ދަތިކަމާ ހުރެ: ފަޒުލް

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެޗްޑީސީން އޮތީ ހިދުމަތް ބަދަލުކުރަން ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފައިވޭ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެޗްޑީސީން އޮތީ ހިދުމަތް ބަދަލުކުރަން ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފައިވޭ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ހުޅުމާލޭގެ މުނިސިޕަލް ކަންތައްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުން ލަސްވަނީ ސިޓީ ކައުންސިލުގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގައި ސިޓީ ކައުންސިލާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ކައުންސިލާ ބައްދަލު ކުރެވުމުން ފާހަގަވީ ހުޅުމާލެ ފަދަ ބޮޑު ސަރަހައްދެއްގައި މުނިސިޕަލް ހިދުމަތް ދިނުމުގައި މާލީ ގޮތުން ހުރި ގޮންޖެހުންތައް ކަމަށެވެ.

އެ ގޮތުން އެޗްޑީސީން ސިޓީ ކައުންސިލުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް ނާޅާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ މުނިސިޕަލް ހިދުމަތް ދިނުމުގެ ފުރުސަތު ސިޓީ ކައުންސިލަށް ދޭން ތައްޔާރު ކަމަށެވެ.

"އެ ބޭފުޅުންނަށް ހުޅުމާލެ ފަދަ ބޮޑު ސަރަހައްދެއް މުނިސިޕަލް ހިދުމަތް ދިނުމުގައި ފައިނޭންޝަލީ ހުރި ގޮންޖެހުންތަކެއް ފާހަގެވެގެން އައީ. އެހެންވީމަ އެކަމާ ހެދި މިކަން ހައްލަކަށް ނައުމަކީ އަޅުގަނޑުމެން އެޗްޑިސީގެ ފަރާތުން އެމީހުންގެ ގާނޫނީ ޒިންމާ އެ ފަރާތަށް އަދާ ކުރުމަށް ހުރަސް އެޅުމެއް ވެސް ނޫން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް ފަހިކޮށްދޭން ބޭނުންވި ނަމަވެސް، އެކަން ކޮމާޝަލީ ވަޔަބަލް ކުރުމަށް ގޮންޖެހުންތަކެއް ހުރުމުން އެކަން ކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެޗްޑީސީގެ ފަރާތުން އެއްވެސް އިރެއްގައި އަދި މިއަދު ވެސް އަޅުގަނޑުމެން ވަކާލާތު އެބަ ކުރަން މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށްޓަކާ މިކޮޅުން ދޫ ދޭން ޖެހޭ ދިނުން ނޫނީ މާލެ ސިޓީ ކައުންސިލުގެ ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ކުރުމަކަށް އަޅުގަނޑުމެންގެ ހުރަހެއް ނެތް،،" ފަޒުލް ވިދާޅުވި އެވެ.

މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހިސާބަށް ފޯރުކޮށްދޭން ގައިޑްލައިންތަކެއް ކަނޑައަޅައި، އެތަނަށް ބަދަލު ކުރެވޭ މުވައްޒަފުންގެ އަދަދާއި ކުރެވެން ހުރި ކަންކަން އެޗްޑީސީގެ ފަރާތުން ކައުންސިލާ ހިއްސާ ކޮށްފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

މުނިސިޕަލް ހިދުމަތްތައް ބަދަލު ކުރުމުގައި ގާނޫނީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭކަން ގަބޫލު ކުރައްވާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ އެގޮތަށް ސިޓީ ކައުންސިލުން ވެސް ދެކޭ ކަމަށެވެ.

އޭގެ އިތުރުން ފަޒުލް ވިދާޅުވީ އާންމު ހިދުމަތަށް ބޭނުން ކުރާ ތަންތަން ސިޓީ ކައުންސިލަށް ދޫކޮށްލަން ވިސްނި ނަމަވެސް، ކޮމާޝަލީ ބޭނުން ކުރާ އެއްވެސް ބިމެއް ސިޓީ ކައުންސިލަށް ދޫ ނުކުރާނެ ކަމަށެވެ. އެގޮތަށް ނިންމީ އެޗްޑީސީއަށް އޭގެ ސަބަބުން ގެއްލުންވާނެތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މުނިސިޕަލް ސާވިސްތަކަށް ބޭނުން ކުރާ ބޮޑަށް ދަންނަވާނަމަ މަސް މާރުކޭޓު ނޫނީ ލޯކަލް މާރުކޭޓުގެ ހިދުމަތްތައް އެ ފަރާތަށް ދޫކޮށްލަން އަޅުގަނޑުމެން ރާވާފައި މިއޮތީ. އެކަމަކު ކޮމާޝަލީ ބޭނުން ކުރާ އެއްވެސް ލޭންޑެއް އަޅުގަނޑުމެން ދޫ ނުކޮށް އަޅުގަނޑުމެންގެ ދަށުގައި އެކަންކަން އޮޕަރޭޓު ކުރާނީ،" އޭނާ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ކުރިއަށްދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމީ، ޑިސެމްބަރު 31، 2023 ގަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭގެ މުނިސިޕަލްޓީގެ އެންމެހާ މަސައްކަތެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށެވެ.

އެ ނިންމެވުމަށް މިހާރު އަހަރަކާ ގާތް ވެފައިވާއިރު އަދިވެސް ހުޅުމާލެ މުނިސިޕަލް މަސައްކަތް ސިޓީ ކައުންސިލުން ފަށާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox