ފައިސާ ޗާޕު ކުރެވޭ އަދަދު އިތުރުކުރެވޭ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު އެމަނިކުފާނު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު އެމަނިކުފާނު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ؛ ރައީސް އޮފީސް

މާލީ ހާލަތު ރަނގަޅު ކުރަން ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގައި ކުރިއަށް ވުރެ ގިނައިން ފައިސާ ނެގޭނެ ގޮތަށް އޮއްވައި، އެ ބިލު ރައީސް މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގާ ނަމަ މަރުކަޒީ ބެންކުން ދޫކުރާނީ އިގްތިސާދުގައި މިހާރު ދައުރުނުވާ ފައިސާ އެވެ. އެއީ ފައިސާ ޗާޕު ކުރުން ކަމަށް މާނަ ކުރެ އެވެ. މި ވަގުތު ސަރުކާރުގައި ތިބި ވެރިން ވެސް ކުރިން ބުނެފައި ވަނީ އެއީ ފައިސާ ޗާޕު ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސް ކުރި "ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު" ގެ ހަ ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ހ. ގައި ބުނެފައި ވަނީ، މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަންވާނީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން 91 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަަށް އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ، ދަރަންޏަށް ފައިސާ ނެގެނީ ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، ތިން އަހަރަށް ޖެހޭ އެވްރެޖު އާމުދަނީގެ 2.5 ޕަސެންޓަށް ވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށެވެ. ކުރިން ގާނޫނުގައި އޮންނަނީ އެންމެ ޕަސެންޓެއް ނެގޭ ގޮތަށެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ވަނީ އުވިފަ އެވެ. ފިސްކަލް ޒިންމާގެ ގާނޫނު 42 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައި އޮވެ އެވެ.

އޭގެ އިތުރުން އެ ބިލުގައި ހުރި ކަންކަމަށް ސަރުކާރުން އަމަލުކުރާ މިންވަރު ވަޒަންކުރުމުގެ ގޮތުން، މާލީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު ފިނޭންސް މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލްގެ މައްޗަށް ލާޒިމު ކުރެ އެވެ.

އޭގެ އިތުރުން "ފިސްކަލް އިމްޕެކްޓް އެނަލިސިސް" އެއް ހަދައި، ސަރުކާރުން ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކަރުދާސްތަކާއި، އޮޑިޓަރ ޖެނެރަލް ހުށަހަޅާ ރިޕޯޓަށް ބިނާކޮށް، ސަރުކާރަށް ލަފާދިނުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހާ މި ބިލުގައި މަތިކޮށްފައި ވެ އެވެ.

ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި، ބަޖެޓު ނަތީޖާ ބަޔާނާއި، ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިނިސްޓަރ އޮފް ފިނޭންސްގެ މައްޗަށް ބިލުން ލާޒިމުކުރެ އެވެ.

އެ ގޮތުން ގާނޫނުގެ ދަށުން އެކުލަވައިލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު، ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ތަސްދީގު ކުރުމާ އެކު އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ދުވަސް ފަހުންނެވެ.

ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުއިއްޒު އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖައްސާ ނަމަ އިގުތިސާދީ ހާލަތު އިތުރަށް ވާނީ ގޯހެވެ.

ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުއިއްޒު އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖައްސާ ނަމަ އިގުތިސާދީ ހާލަތު އިތުރަށް ވާނީ ގޯހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox