ސްލޮޓް ދެކެނީ ނިއުކާސަލް މެޗުގެ ނަތީޖާ އަކީ ލިވަޕޫލަށް ރަނގަޅެއްގެ ގޮތުގައި

Dec 5, 2024, 2:08 PM
ސްލޮޓް ދެކެނީ ނިއުކާސަލް މެޗުގެ ނަތީޖާ އަކީ ލިވަޕޫލަށް ރަނގަޅެއްގެ ގޮތުގައި

ލަންޑަން (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ނިއުކާސަލް ޔުނައިޓެޑާ 3-3 އިން އެއްވަރުވި މެޗުގައި ލިވަޕޫލަށް މުހިންމު ޕޮއިންޓުތަކެއް ގެއްލުނު ކަމުގައި ވިޔަސް ލީގުގައި ކުރިއަށް ދިއުމަށް ލިވަޕޫލަށް ކަންކަން ދަސްކުރަން ބަލާއިރު ނިއުކާސަލް މެޗުގެ ނަތީޖާ ރަނގަޅެއްގެ ގޮތުގައި ދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ލިވަޕޫލްގެ ލީޑުވަނީ ކުޑަވެފަ އެވެ. އެއީ އަށް ޕޮއިންޓަށެެވެ. ލިވަޕޫލަށް 14 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީން ވަނީ ސައުތެމްޓަން އަތުން 5-1 އިން މޮޅުވެ، 14 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ. އަދި، އާސެނަލުން ރޭ ވަނީ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، 14 މެޗުން 28 ޕޮއިންޓް ހަމަކޮށްފަ އެވެ.

ނިއުކާސަލް ދަނޑުގައި ރޭ އެ ޓީމުން އަލެކްސަންޑަ އިސާކްގެ ގޯލުން ލީޑުނެގި އެވެ. ލިވަޕޫލުން އެއްވަރުކުރީ ކާޓިސް ޖޯންސް ޖެހި ގޯލުންނެވެ. އެންތަނީ ގޯޑަން ދެ ވަނަ ފަހަރަށް ނިއުކާސަލަށް ލީޑުނަގައިދިންއިރު، މުހައްމަދު ސަލާހު ވަނީ ދެ ގޯލު ޖަހައި، ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަަގައިދީފަ އެެވެ. ނިއުކާސަލް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ފަބިއަން ޝެއާ ޖެހި ގޯލުންނެވެ.

މެޗަށް ފަހު ސްލޮޓް ބުނީ ލިވަޕޫލުން އޭނާ ބޭނުންވާ ގޮތަށް މެޗުގައި ކުޅުނު ކަމަށާއި ޑިފެންސްގައި ބައެއް ކަންކަން ދިޔައީ ގޯސްކޮށް ކަމަށެެވެ. އެކަމަކު، ޖުމްލަކޮށް ބަލާއިރު، ލިވަޕޫލަށް މި ސީޒަނުގައި ކުރިއަށް ދިއުމަށް މި މެޗުން ކަންތައްތަކެއް ދަސްވާނެ ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

އިތުރު ވަގުތުގައި ނިއުކާސަލް އިން ގޯލު ޖެހިއިރު، ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާ އަށް ހެދުނު ގޯހެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި ލިވަޕޫލަކީ ޓީމެއްގެ ގޮތުގައި ހުރިހާ ކަމަކާ ކުރިމަތިލާނެ ބައެއް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox