ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ގުޅީފަޅު ދެނީ

ގުޅީފަޅުގެ އެންމެ ކުރިން ހިއްކި ސަހަރައްދު: ގުޅީފަޅު ހިމެނެނީ ގްރޭޓާ މާލޭ ސަރަހައްދުގެ ތެރޭގައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ގުޅީފަޅުގެ އެންމެ ކުރިން ހިއްކި ސަހަރައްދު: ގުޅީފަޅު ހިމެނެނީ ގްރޭޓާ މާލޭ ސަރަހައްދުގެ ތެރޭގައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ބޯހިޔާވަހިކަމަށް ބިން ދޫކުރަން ހިއްކި ގުޅީފަޅު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ބަދަލުކުރަން މިހާރު އެ ބިމުގެ ހައްގުތައް އޮންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަސައްކަތް ފަށައިފި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ ބޯޑުން ވަނީ އެފްޑީސިއާ ގުޅީފަޅު ހަވާލުކުރަން ނިންމާފަ އެވެ. އެކަމަކު އެ ގޮތަށް ބިން ހަވާލުކުރަނީ ސަރުކާރުން ނިންމާފައިވާ ގޮތަށް ދެ ކުންފުނިން އެއްކޮށްލުމުން އެއަށްފަހު ކަމަށް ވެސް އެނގިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލާ "އަދަދު" އިން ސުވާލުކުރުމުން އޭނާ ވަނީ މި މަސައްކަތް ކުރަމުންދާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް މި ވަގުތު އިސްކަން ދެނީ ދެ ކުންފުނި އެއްކޮށްލުމަށް ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"[ދެ ކުންފުނި އެއްކޮށްލުމަށް ފަހު] ގުޅީފަޅާ ހަވާލުވާނީ ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން،" ހަމްދާން ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތުގެ ދަށުން އެޗްޑީސީ އާއި އެފްޑީސީ އެއްކޮށްލަނީ އެއް ކަހަލަ މަސައްކަތްތަކެއް ކުރާ ކުންފުނިތައް އެއްކޮށްލުމުގެ ބޭނުމުގަ އެވެ. މިއީ ވޯލްޑް ބޭންކުން ވެސް ލަފާދީފައިވާ ކަމެކެވެ. މި ދެ ކުންފުނި އެއްކޮށްލުމުން އެފްޑީސީ ބަދަލުވާނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށެވެ.

ގުޅީފަޅު އެފްޑީސީއާ ހަވާލުކުރަން ވިސްނި ނަމަވެސް، އެ ކުންފުނީގެ ދަށަށް ގުޅީފަޅު ބަދަލުކުރާ ސަބަބެއް އަދި ސާފެއް ނޫނެވެ. ބެލެވޭ ގޮތުގައި މިއީ އެފްޑީސީގެ އެސެޓުތައް އިތުރުކޮށް، ކުންފުނީގެ ބެލެންސް ޝީޓު ރަނގަޅު ކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ.

ކުރީ ސަރުކާރުގައި ހިއްކި ސަރަހައްދާއެކީ ގުޅީފަޅުގެ ބިމުގެ ސަރަހައްދު 200 ހެކްޓަރަށް ވުރެ ބޮޑެވެ. މި ސަރުކާރުން ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކަން ނިންމާފަ އެވެ.

އެންމެ ފަހުން ސަރުކާރުން އާންމުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގައި ގުޅީފަޅުގެ ބޮޑު ސަރަހައްދެއް ހާއްސަކޮށްފައި ވަނީ ބޯހިޔާވަހިކަމަށެވެ. އޭގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްސާކުރަނީ "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭ މީހުންގެ ގޯތިތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox