އުރީދޫ ސުޕަނެޓަށް އަޕްގްރޭޑެއް، އަންލިމިޓެޑް ލިބޭނެ

އުރީދޫ ސުޕަނެޓަށް އަޕްގްރޭޑެއް، އަންލިމިޓެޑް ލިބޭނެ

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާ އެކު އުރީދޫ އިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދީފަ އެވެ.

އަންލިމިޓަޑް ސުޕަނެޓާއެކު:

• އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން.

• އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން.

• ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން.

ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން އެއް ޖީބީޕީއެސް އާ ހަމައަށް ބާރު ސްޕީޑް ހިމެނޭއިރު، އިތުރު ފައިދާތަކާ އެކު ކަނެކްޓެޑް ޑިވައިސްތަކުގެ ފުރިހަމައަށް ބޭނުންކުރެވޭނެ އެވެ.

"ފިލްމު މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓްގެ ތަޖުރިބާ ލިބޭނެ ކަން ކަށަވަރު ކޮށްދޭ،" އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

އުރީދޫ އިން ދަނީ ރާއްޖޭގެ އިންޓަނެޓު ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުންނެވެ. އެގޮތުން އެ އަޕްގްރޭޑުން ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ ޒަމާނީ ފެންވަރުގެ އިންޓަނެޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެއްވެސް ލިމިޓަކާ ނުލައި ގުޅާލެވިގެން ތިބުމުގެ މަގު ފަހިކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox