ނަޕޯލީން އެއް ވަަނަ މަގާމު ދިފާއުކުރިޔަސް ކޮންޓޭގެ ގިނަ ޝަކުވާތަކެއް

Dec 2, 2024, 8:58 AM
ނަޕޯލީން އެއް ވަަނަ މަގާމު ދިފާއުކުރިޔަސް ކޮންޓޭގެ ގިނަ ޝަކުވާތަކެއް

ޓިއުރިން، އިޓަލީ (ޑިސެމްބަރު 2) - އިޓާލިއަން ލީގުގައި ރޭ ޓޮރިނޯ އަތުން 1-0 އިން މޮޅުވެ ނަޕޯލީން ލީގުގެ އެއް ވަަނަ މަގާމުގައި ލީޑު ދިފާއުކުރި ނަމަވެސް އެ ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ގިނަ ކަންބޮޑުވުންތަކާ އެކު ޝަކުވާތައް އޮއްސާލައިފި އެވެ.

ސްކޮޓް މެކްޓޮމިނޭ ޖެހި ގޯލުން ޓޮރިނޯ ބަލިކޮށް، ނަޕޯލީން ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ނަޕޯލީ އަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އިންޓަ އާއި ހަތަރެއްގައި އޮތް ފިއޮރެންޓީނާ އަށް ވެސް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފަ އެވެ.

އިންޓަ އާއި ފިއޮރެންޓީނާ މެޗު ރޭ ނުކުޅެވި، ޖެހުނީ ހުއްޓާލާށެވެ.

ނަޕޯލީގެ މެޗަށް ފަހު އެ ޓީމުގެ ކޯޗު، ކޮންޓޭ ބުނީ ނަޕޯލީ މި ވަގުތު ވިސްނާފައި އޮތީ ހަމައެކަނި އިޓާލިއަން ލީގާއި އިޓާލިއަން ކަޕަށް ކަމުގައިވާނަމަ އެ ޓީމުގެ ހާލަތު ރަނގަޅު ކަމަށެވެ.

"މި ވަގުތު އަަހަރެމެންގެ މި ހުރީ އައުޓްފީލްޑް 21 ކުޅުންތެރިން، މިއީ ހަމައެކަނި ލީގާއި ކަޕްގައި ކުޅެލަން ނަމަ ވަރަށް ރަނގަޅު، އެކަމަކު، އަހަރެމެން ވިސްނައިގެން މި ތިބީ، މަސައްކަތް ވެސް މި ކުރަނީ ޔޫރަޕްގައި ވެސް ރަނގަޅުކުރަން، އެހެންވީމަ، މި ކްލަބްގެ ވެރިން އެބަޖެހޭ ޓީމު ވަރުގަދަ ކުރުމުގެ ކަންކަމަށް ވެސް ވިސްނަން،" ކުރިން ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފައިވާ ކޮންޓޭ ބުންޏެވެ.

ކުރިން ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ވެސް ކާމިޔާބުކުރި ކޮންޓޭ ބުނީ، ލީގުގެ 14 ވަަނަ މެޗާ ހަމައަށްދާއިރު، އޭނާ ރަނގަޅުކުރަން ބޭނުންވި ބައެއް ކަންތައްތަކަށް އަދިވެސް މަސައްކަތްކުރަން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

ލީގުގައި ރޭ ލެޗޭ އާއި ޔުވެންޓަސްގެ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އަންޑްރެއާ ކަމްބިއާސޯ ޔުވެންޓަސް އަށް ލީޑުނަގައިދިންއިރު، ލެޗޭ އިން އިތުރު ވަގުތުގައި އެއްވަރުކުރީ އަންޓޭ ރެބިޗް ޖެހި ގޯލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox