އިޒްރޭލުގެ "ވިޔާނުދާ" އަމަލާ ދެކޮޅު މީހުން އެ ގައުމުގައި ވެސް ތިބޭނެ، ވަގުތުން ޕާސްޕޯޓު މަނާ ކުރުން ރަނގަޅެއް ނޫން: ތިމަރަފުށީ މެންބަރު

Dec 2, 2024, 4:38 AM
ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު މަޖިލީހުގައި: ވިދާޅުވީ ވަގުތުން ޕާސްޕޯޓު މަނާކޮށްގެން ނަތީޖާ ހިތިވެދާނެ ކަމަށް -- ފޮޓޯ: މަޖިލިސް

ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒު މަޖިލީހުގައި: ވިދާޅުވީ ވަގުތުން ޕާސްޕޯޓު މަނާކޮށްގެން ނަތީޖާ ހިތިވެދާނެ ކަމަށް -- ފޮޓޯ: މަޖިލިސް

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުމަކީ "ވިޔާނުދާ" އަމަލެއް ކަމަށާއި އެކަމާ ދެކޮޅު އިޒްރޭލު ރައްޔިތުން ވެސް ތިބޭނެތީ އެ ގައުމުގެ ޕާސްޕޯޓު ވަގުތުން މަނާ ކުރުން ރަނގަޅު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ބަޔަކު ބުނާހާ ގޮތަކަށް ތަބާވެ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފި ނަމަ "އޭގެ ހިތި ތަޖުރިބާ" ކުރަންޖެހިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިވަރަށް ނުވިސްނާ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން އެ ބުނާހާ ބީދައިން ހަމަ މިއަދުން މިއަދަށް މި ޕާސްޕޯޓު ބޭންކޮށްލީމާ އޭގެ ހިތި ތަޖުރިބާ ނުވަތަ އެއިން ނުކުމެދާނެ ނަތީޖާ ހަމަ ވަރަށް ގޯސް ވެސް ވެދާނެ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މުސްލިމުން މެރުމާ ދެކޮޅު މީހުން އިޒްރޭލުގައި ވެސް ތިބޭނެ ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ އިޒްރޭލުގައި ވެސް ތިބެދާނެއޭ މި ހިނގާ ވިޔާނުދާ އަމަލުގައި، ނޫނީ އަޅުގަނޑުމެންގެ މުސްލިމުން މަރަމުންދާ މެރުންތަކުގައި އިދިކޮޅު ހަދާ ކިތަންމެ ބައިވަރު ބަޔަކު ތިބެދާނެ. ތިބޭނެ، ތިބެދާނެއެއް ވެސް ނޫން. ހަމަ ޔަގީން އިޒްރޭލުގައި ވެސް ތިއްބަވާނެ އަޅުގަނޑުމެންގެ ފަލަސްތީނުގެ މީހުންނަށް ތާއީދު ކުރާ ވެސް ކިތަންމެ ބަޔަކު،" އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒް އިތުރަށް ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރާއިރު، އިޒްރޭލުގައި އަމުރުމައުރޫފު ހިންގާ ވެރިން ނުވަތަ ސިފައިންގެ މީހުން ރާއްޖެ އެތެރެނުވެވޭ ގޮތަށް ހެދިދާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާސްޕޯޓުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ނިންމާއިރު އެކަން ނިންމާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން އިދިކޮޅު އެމްޑީޕީން ބިލެއް ހުށަހެޅީ މެއި، 2024، ގަ އެވެ. އޭގެ ފަހުން ޖޫން 2، 2024، ގައި ވަޒީރުންގެ މަޖިލީހުން ވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ނިންމައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާކޮށްފައެއް ނުވެ އެވެ.

މީކާއީލް ހުށަހެޅުއްވި ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްގެންދިޔައިރު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަހެއް ވެސް ހޯދަންޖެހޭ ކަމަށެވެ.

"... އަދި، އަރަބި އެހެން ގައުމުތަކާ ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ މިކަމުގެ ހޯދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ފަލާހު ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އެމްޑީޕީން ހުށަހެޅީ ސަރުކާރަށް އުނދަގޫ ކުރަން ކަމަށް ވެސް މީގެ ކުރިން ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށްގެންދިޔުމާމެދު ވިސްނަންޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަައުދުﷲ ހިލްމީ ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ މި ބިލު އަޅުގަނޑުމެން ކުރިއަށްގެންދިޔުމާ ދޭތެރޭގައި އިތުރަށް ވިސްނައިލަން އެބަޖެހޭ ނޫނިއްޔާމު އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދާލަންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox