އުރީދޫއިން ހާއްސަ އާންމު ޖަލްސާ ބާއްވަނީ ޑިސެމްބަރު 15 ގައި

އުރީދޫ މޯލްޑިވްސް: އުރީދޫއިން ހާއްސަ އާންމު ޖަލްސާ ބާއްވަނީ ޑިސެމްބަރު 15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އަދަދު ފައިލް

އުރީދޫ މޯލްޑިވްސް: އުރީދޫއިން ހާއްސަ އާންމު ޖަލްސާ ބާއްވަނީ ޑިސެމްބަރު 15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އަދަދު ފައިލް

އުރީދޫ މޯލްޑިވްސް އިން އަންނަ ޑިސެންބަރު 15، ވާ އާދީއްތަ ދުވަހުގެ ރޭ 8:00 ގައި ހާއްސަ އާންމު ޖަލްސާއެއް އޮންލައިންކޮށް ބާއްވަން ތާވަލުކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ހާއްސަ އާންމު ޖަލްސާގައި ބާއްވަން ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

އުރީދޫގެ ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވޭނީ ޑިސެމްބަރު 13، ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:00 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

ޖަލްސާގެ އެޖެންޑާ:

  1. ކީރިތި ގުރުއާން.
  2. ޗެއާޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން.
  3. މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ، ޚާލިދު ހަސަން އެމްއޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން.
  4. އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ގެންނަ އިސްލާހުތައް ފާސްކުރުމަށް ހުށަހެޅުން.
  5. އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކާއެކު އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އެޑޮޕްޓްކުރުން (ހުށަހެޅިފައިވާ އިސްލާހުތައް ހިއްސާދާރުން ފާސްކުރާގޮތަށް ހިމަނައިގެން).
  6. ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓްޑްގެ ހިއްސާތައް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑުން އޯޓީއެފް އިންޓަނޭޝަނަލް އެލްއެލްސީ އަށް ވިއްކައި ބަދަލުކުރުން.
  7. ހިއްސާދާރުންގެ މަޝްވަރާކުރުން.
  8. ޖަލްސާ ނިންމުން.

އެޖެންޑާއާ ގުޅޭ އިތުރު ތަފްސީލާއި މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ހާއްސަ އާންމު ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މިދިޔަ ނޮވެމްބަރު 27، ގެ ނިޔަލަށް ރަޖިސްޓާވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.

އެ ޖަލްސާގެ އެޖެންޑާ އައިޓަމްތަކަށް ވޯޓުލާއިރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، އެ ފަރާތްތަކަށް ލިބިފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ އެވެ. އަދި ވޯޓިންގް ކުރިޔަށް ގެންދާނި އިލެކްޓްރޯނިކް (އީ-ވޯޓިންގް) މެދުވެރިކޮށެވެ.

ހާއްސަ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވާން ބޭނުންވާނަމަ، އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ރަޖިސްޓާ ކުރުމަށް (ޕްރީރެޖިސްޓާ ކުރުމަށް، ނުވަތަ ޕްރޮކްސީއެއް އައްޔަންކުރުމަށް، އަދި، އައްޔަން ކޮށްފައިވާ ޕްރޮކްސީ ބާތިލުކުރުމަށް) އުރީދޫއިން އެދެ އެވެ.

އެގޮތުން ރަޖިސްޓާ ކުރުމުގެ ސުން ގަޑިއަކީ އަންނަ ޑިސެމްބަރު 13، ވާ ހުކުރު ދުވަހުގެ ރޭ 8:00 ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނީ އެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ލިބިފައިވާ ލޮގިންގެ މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރަން އެދޭ ކަމަށެވެ.

ލޮގިންކުރުމަށް ބޭނުންވާ ތަފްސީލު، ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކާއެކު، އެމްއެސްޑީއިން ޑިސެމްބަރު 15، ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ހިއްސާކުރާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox