ރާއްޖެއިން ޑްރަގު ބޯޓު ހިފެހެއްޓި ދުވަހާއި އާދީއްތަ ދުވަހު އަރަބި ކަނޑުން ވެސް 500 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް

އަރަބިކަނޑުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު އިންޑިއާ ސިފައިން -- ފޮޓޯ: އިންޑިއަން ނޭވީ

އަރަބިކަނޑުން އަތުލައިގަތް މަސްތުވާތަކެއްޗާއެކު އިންޑިއާ ސިފައިން -- ފޮޓޯ: އިންޑިއަން ނޭވީ

ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު މަސް ބޯޓަކުން މަސްތުވާތަކެތި އަތުލައިގަތް ދުވަހާއި އެއާ ޖެހިގެން އައި ދުވަހު އިންޑިއާ އާއި ސްރީލަންކާގެ ނޭވީ ގުޅިގެން އަރަބި ކަނޑުން ވެސް 500 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން އިންޑިއަން ނޭވީން ހާމަކޮށްފި އެވެ.

އިންޑިއާ ނޭވީގެ ތަރުޖަމާނު، އެޑްމިރަލް ދިނޭޝް ކުމާރު ޓްރިޕާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަން ހިންގީ މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ކަމަށެވެ. އެ އޮޕަރޭޝަނުގައި ސްރީލަންކާގެ ދިދައިގައި ދަތުރު ކުރި ދެ ބޯޓު އަތުލައިގަތް ކަމަށާއި އެ ދެ ބޯޓުގައި 500 ކިލޯގެ ކްރިސްޓަލް މެތު ހުރި ކަމަށް ޓްރީޕާތީ ބުންޏެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސްރީލަންކާގެ ދެ މަސް ބޯޓުގައި މަސްތުވާތަކެތި އުފުލާކަމަށް ބުނެ ސްރީލަންކާގެ ނޭވީން ދިން އިންޓެލިޖެންސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޓްރިޕާތީ ބުންޏެވެ.

Advertisement

އެ ދެ ބޯޓުގައި ތިބި ފަޅުވެރިންނާއި އަތުލައިގަތް މަސްތުވާތަކެތި ސްރީލަންކާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރިޕާތީ ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ރާއްޖެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު މަސް ބޯޓެއްގައި މަސްތުވާތަކެތި އުފުލާ ކަމުގެ މައުލޫމާތު ސްރީލަންކާގެ ނޭވީން ފޯރުކޮށްދިނުމުން، ދިވެހި ކޯސްޓު ގާޑުން ވެސް ވަނީ އެ ބޯޓު އަތުލައިގެންފަ އެވެ. ކޯސްޓުގާޑުން ބުނީ އެ ބޯޓުގައި 468 މަސްތުވާތަކެތި ހުރި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 344 ކިލޯގެ މެތު ކްރިސްޓަލް އާއި 124 ކިލޯގެ ކޮކެއިން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox