މިހާރު މި ތިބެވެނީ ފެހި ގާނޫނުއަސާސީ ގެނައި އިރު ގައުމު އޮތް ހާލަތުގައި: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު : އޭނާ މިހާރުގެ ހާލަތު ސިފަކުރެއްވީ ފެހި ގާނޫނު އަސާސީގެ ކުރީގެ އަހަރުތަކުން --- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު : އޭނާ މިހާރުގެ ހާލަތު ސިފަކުރެއްވީ ފެހި ގާނޫނު އަސާސީގެ ކުރީގެ އަހަރުތަކުން --- ފޮޓޯ: އެމްޑީޕީ

ދިވެހި ރައްޔިތުންނަށް މިހާރު މި ތިބެވެނީ 2008 ގައި ތަސްދީގުކުރި ފެހި ގާނޫނުއަސާސީ އެކުލަވާލި އިރު މި ގައުމު އޮތް ހާލަތުގައި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އޭނާ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޒިޔާދު ވަނީ، މިހާރުގެ ހާލަތާ ފެހި ގާނޫނު އަސާސީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރާ ހުރި އެއްގޮތް ކަންތައްތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން މިނިވަން މުއައްސަސާތަކަށާއި މަޖިލީހަށް އަދި މީހުން ހައްޔަރުކޮށް އަދަބު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އޭނާ ވަނީ މިރޭ ލިސްޓުކުރައްވާފަ އެވެ.

އޭސީސީ އަދި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމަށް ގާނޫނު ބަދަލުކުުރުމާއި ސިޔާސީ ޕާޓީތަކުން ވަކިކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ އިތުރުން ދެ ހަފުތާ ތެރޭ ހުށަހަޅަން ނިންމާފައިވާ ގޭންގު ބިލު އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިބުނާ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގަ ތިއްބަވާނީ 50 މެންބަރުން. އެއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ މެންބަރުންނާއި މާލޭގެ ދެ މެންބަރުންނާއި ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ އަށް މެންބަރުން. އެ އަށް މެންބަރުންނަށް އޭރުގަ މި އިސްލާހީ މަސައްކަތުގަ އުޅުނު ބޭފުޅުން ކިޔާނީ ވަލު ދޮރޮއަށިން ވެއްދި މެންބަރުންނޭ. މިހާރު ރައްޔިތުން މަޖިލީހުގަ ތިއްބަވާނެ ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާފަ ތިއްބަވާ 78 މެންބަރުން،" އެމްޑީޕީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފިއްޓޭ ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު ޕީއެންސީގެ މެންބަރުންނަކީ ރައީސްގެ މެންބަރުންގެ ގޮތުގައި ސިފަ ކުރައްވައި ޒިޔާދު ވިދާޅުވީ، ރައީސަކު އަޒުލުކުރުމަށް ގާނޫނުއަސާސީން ލިބިދޭ ބާރު ވެސް މިހާރު ނިގުޅައިގަނެފައިވާ ކަމަށެވެ.

"ދެން ރައީސުލްޖުމްހުރިއްޔާ ނިންމަވަނީ އެ 78 މެންބަރުންނާއެކު. އަދި ފަސް މެންވަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހުރިއްޔާ އޭސީސީއަށްވެސް ލައްވަނީ. އަދި ފަސް މެންބަރުންގެ ކޮމިޓީއަކުން ގޭންގުތައްވެސް ކަނޑައަޅަނީ، ކުށްތައްވެސް ކަނޑައަޅަނީ."

ޒިޔާދު ވިދާޅުވި ގޮތުގައި މިއީ ކޯޓުތަކުގެ ބާރު ކަނޑުވާލުމަށް ކުރެވޭ ކަމެއް ކަމަށާއި މިވަގުތު އޮތް ގޮތުން މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ކަނޑައެޅުމުގެ ބާރުވެސް ރައީސް މުއިއްޒުއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

"އަޅުގަނޑު ބުނެދޭން މިއުޅެނީ މި ގާނޫނު އަސާސީ ގެނައި އިރު އޮތް ހާލަތުގައޭ މިއަދު އަޅުގަނޑުމެންނަށް މި ތިބެވެނީ. ނޭނގި ނަމަވެސް. އެ ހިސާބަށް ފަހަތަށް އަޅުގަނޑުމެން ހިނގައްޖެޔޭ،" ޒިޔާދު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދީ ގާނޫނުއަސާސީ ބަދަލުކުރަން އެންމެ ހަ ގަޑީރުގެ ތެރޭގައި މަޖިލީހުން ނިންމީ މިދިޔަ ހަފުތާ އެވެ. އޭސީސީ އަދި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސަށް ދެއްވާ ގާނޫނުތައް ބަދަލުކުރީ މި ހަފުތާގެ ތެރޭގަ އެވެ.

ގޭންގުތައް ކަނޑައެޅުމުގެ ބާރު ހޯމް މިނިސްޓަރު ލީޑުކުރައްވާ ފަސް މެންބަރުންގެ ކޮމިޓީތަކަށް ލިބޭ ގޮތަށް އޮތް ގޭންގު ބިލު ދެ ހަފުތާ ތެރޭ މަޖިލީހަށް ވައްދާނެކަން ރައީސް އިއުލާނުކުރެއްވީ ނުރަސްމީ ދަތުރެއްގައި ޔޫރަޕުގައި ހުންނަވައިގެން އަންގާރަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox