ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ގައްދޫ ކައުންސިލް ރައީސްގެ މައްސަލަ ބަލަން އަންގައިފި

ރައީސްގެ ދެކަނބަލުން ރައީސް ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން : ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ އެ މައްސަލަ ބަލަން ވަނީ އަންގާފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދެކަނބަލުން ރައީސް ނަސްރުގެ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން : ރައީސް މުއިއްޒުގެ އަބުރަށް އަރައިގަތް ކަމަށް ބުނެ އެ މައްސަލަ ބަލަން ވަނީ އަންގާފަ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އުނިކަން އަންނާނެ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ ގދ. ގައްދޫ ކައުންސިލްގެ ރައީސްގެ މުހައްމަދު އަހުމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

އެލްޖީއޭގެ ރައީސް މުހައްމަދު ނިމާލް ސޮއިކުރައްވައި، އެ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒުއަށާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އަރައިގަތީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕެއްގައި ކަމަށެވެ.

ނަމަވެސް މުހައްމަދު ފޮނުއްވި މެސެޖުތަކުގެ ތަފުސީލެއް ސިޓީގައި ނެތެވެ. ނިމާލް އަންގަވާފައިވަނީ މައްސަލަ ބަލާ އެކަން އިސްލާހުކުރުމަށް އެންގުމަށެވެ. ނަމަވެސް މި އެންގުމާ ގުޅިގެން އަތޮޅު ކައުންސިލުން މިހާތަނަށް ގައްދޫ ރައީސަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުވާކުރި މީހެކެވެ. ވެރިކަންކުރާ ޕީއެންސީ ކޯލިޝަނުގެ ޓިކެޓުގައި އޭނާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރީ ކ. މާފުށީ ޖަލު ބަންދުގައި ހުއްޓަ އެވެ.

އިންތިހާބަށްފަހު މި ދައުވާއިން އޭނާ ސަލާމަތްވީ، ފޭސްބުކްގެ މެސެންޖާއިން ބަރަހަނާ ފޮޓޯ ފޮނުވީ އަހްމަދުގެ އެކައުންޓުންކަން އެކަށީގެންވާ ވަރަށް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާތީ ކަމަށް ބުނެ ކޯޓުން ހުކުމް ކުރުމުންނެވެ.

އޭނާ އިންތިހާބުވުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ، ކޯޓުގައި މައްސަލައެއް އޮތުމަކީ އިންތިހާބަށް ކުރިމަތިލާފައިވާ މީހެއްގެ ކެންޑިޑެސީ ބާތިލުވާ ކަމެއް ނޫން ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން މީހެއްގެ ކެންޑިޑެސީ ބާތިލު ކުރެވޭނީ، ނުވަތަ އޭނާގެ ޝަރުތު ހަމަ ނުވާކަމަށް ބެލެވޭނީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އޭނާގެ މައްޗަށް ޖިނާއި ކުށެއް ނުވަތަ ދަރަނީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ ނަމަ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މުހައްމަދު މި ސަރުކާރާ ދެކޮޅު ފާޑުކިޔަމުން ދަނީ، ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކޯލިޝަނާ ދުރަށް ޖެހިވަޑައިގަތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox