އިޓަލީ ދޫކޮށްލުމަކީ ގޯހެއް ކަމަށް މަންޗިނީ އެއްބަސްވެއްޖެ

Nov 28, 2024, 8:48 AM
އިޓަލީ ދޫކޮށްލުމަކީ ގޯހެއް ކަމަށް މަންޗިނީ އެއްބަސްވެއްޖެ

މިލާން (ނޮވެމްބަރު 28) - މިދިޔަ އަހަރު އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށް، ސައުދީ އަރަބިއްޔާގެ ކޯޗުކަމާ ހަވާލުވާން ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

އިޓަލީ އަށް ކުރިން ކުޅުނު މަންޗިނީ ވަނީ 2018 ވަނަ އަހަރު އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް ފަހު، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް އެ ޓީމުގައި ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އޭނާ ވަނީ އެ ޓީމަށް 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސައުދީގެ ކޯޗަކަށް ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އެ މަގާމުގައި އެއް އަހަރުވިތަނާ މަންޗިނީ މި ވަނީ ސައުދީ ފެޑެރޭޝަނާ އެކު، މަޝްވަރާކޮށް އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ. އެއީ، އޭޝިއަން ކަޕްގެ ނަތީޖާތައް ދިޔަ ގޮތުންނާއި ސައުދީ ފެޑެރޭޝަނާ މެދު ހިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ.

މަންޗިނީ ބުނީ، ސައުދީގެ ކޯޗުކަމުގެ އޮފާ ނެގީ ފައިސާއާ މެދު ވިސްނާފައި ކަމަށެވެ.

"އަހަރެން އޮޅުވާލަން ނެތިން، އެއީ ފައިސާއާ ގުޅޭ ނިންމުމެއް،" ސައުދީގެ ކޯޗުކަމާ ހަވާލުވި ގޮތާ ބެހޭގޮތުން މަންޗިނީ ބުންޏެވެ. "ނޫސްތަކުގައި ލިޔެފައި ހުރި ސީދާ ފައިސާގެ އަދަދުތަކާ އެއްވަރު ނުވި ކަމުގައި ވިޔަސް، އަހަރެންގެ ނިންމުން އޮތީ ލިބޭ އާމްދަނީއާ ގުޅިފައި،"

މަންޗިނީ ވަނީ އަލުން އިޓަލީ ޓީމާ ހަވާލުވާން ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުންހިފާނެ ކަމަށާއި ދުވަހަކު ވެސް އަމިއްލަ ނަފްސާ މެދު އެކަނި ވިސްނާފައި ދެން ނިންމުމެއް ނުނިންމާނެ ކަމަށެެވެ. މަންޗިނީގެ އަމާޒަކީ ދެން އިޓަލީ ޓީމާ ހަވާލުވާން ލިބިއްޖެނަމަ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވީ، މަންޗިނީ އަށް އަބަދުވެސް އިހުތިރާމާއި ލޯބި އޮންނާނެ ކަމަށާއި، އޭނާ އަށް އިޓަލީގެ ފެޑެރޭޝަނުން އަލްވަދާއުކިޔާފައިވާނީ ވެސް ވަރަށް ފުރިހަމަ އަށް ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް މަންޗިނީ އިޓަލީގެ ގައުމީ ޓީމު ދޫކޮށްލީ ގަވާއިދުތަކާ އެއްގޮތަށް ނޫނެވެ.، މިކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާނެ ކަމަށާއި އަދި މިކަމާ ގުޅޭގޮތުން އެ ފެޑެރޭޝަންގެ ގާނޫނީ ވަކީލުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވެސް ގްރަވީނާ އޭރު ވިދާޅުވި އެވެ.

އެކަމަކު ފަހުން، ފެޑެރޭޝަނުން މަންޗިނީއާ މަޝްވަރާ ކުރުމަށް ފަހު، ކޯޓަށް މައްސަލަ ނުގެންދަން ނިންމީ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox