ފިސްކަލް ޒިންމާގެ ބިލު ފާސް ކުރީ ކުރިއަށްވުރެ ގިނައިން އެމްއެމްއޭއިން ފައިސާ ނެގޭ ގޮތަށް ނުވަތަ ޗާޕު ކުރެވޭ ގޮތަށް

ފިނޭންސް މިނިސްޓްރީ: ކުރިން އޮތް ގޮތުން ނެގެނީ ތިން އަހަރުގެ އާމްދަނީގެ ޕަސެންޓެއް -- ފޮޓޯ: އަދަދު ފައިލް

ފިނޭންސް މިނިސްޓްރީ: ކުރިން އޮތް ގޮތުން ނެގެނީ ތިން އަހަރުގެ އާމްދަނީގެ ޕަސެންޓެއް -- ފޮޓޯ: އަދަދު ފައިލް

މާލީ ހާލަތު ރަނގަޅު ކުރަން ފައިސާ ޗާޕު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ފާސް ކުރީ ސަރުކާރަށް މިހާރަށްވުރެ ގިނައިން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ ކަމަށް ކަނޑައެޅުމަށް ފަހެވެ.

ސަރުކާރުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގާ ނަމަ މަރުކަޒީ ބެންކުން ދޫކުރާނީ އިގްތިސާދުގައި މިހާރު ދައުރުނުވާ ފައިސާ އެވެ. އެއީ ފައިސާ ޗާޕު ކުރުން ކަމަށް މާނަ ކުރެ އެވެ. މި ވަގުތު ސަރުކާރުގައި ތިބި ވެރިން ވެސް ކުރިން ބުނެފައި ވަނީ އެއީ ފައިސާ ޗާޕު ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސް ކުރި "ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު" ގެ ހަ ވަނަ މާއްދާގެ އެއް ވަނަ ނަންބަރުގެ ހ. ގައި ބުނެފައި ވަނީ، މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަންވާނީ ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރަން 91 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކާ ގޮތަަށް އެޑްވާންސެއްގެ ގޮތުގައި ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ، ދަރަންޏަށް ފައިސާ ނެގެނީ ވެއެތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހެ އެވްރެޖު އާމުދަނީގެ 2.5 ޕަސެންޓަށް ވުރެ އިތުރުނުވާނެ މިންވަރަކަށް ކަމަށެވެ.

ނަމަވެސް މިހާރު އަމަލު ކުރަމުންދާ "ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު" ގެ 32 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ، އެމްއެމްއޭއިން ދަރަންޏަށް ނެގޭނީ ތިން އަހަރުގެ އާމުދަނީގެ އަހަރަކަށް އެވްރެޖުކޮށް ޖެހޭ އަދަދުގެ އެއް ޕަސެންޓަށް ވުރެ އިތުރުނުވާ މިންވަރަކަށް ކަމަށެވެ.

މަޖިލީހުން ބުދަ ދުވަހު ފާސް ކުރި ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު އުވޭނެ އެވެ. ފިސްކަލް ޒިންމާގެ ގާނޫނު 42 ވަނަ މާއްދާގައި އެކަން ބަޔާންކޮށްފައި އޮވެ އެވެ.

ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުއިއްޒު އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖައްސާ ނަމަ އިގުތިސާދީ ހާލަތު އިތުރަށް ވާނީ ގޯހެވެ.

"ތިންވަނަ ކަމަށް ފައިސާ ޗާޕުކޮށްގެން ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުން ނިމުމަކަށް ގެންނަންޖެހޭ. އެކަން ނިމުމަކަށް ނުގެނެސްފިއްޔާ އަޅުގަނޑުމެންނަކަށް މި އިގުތިސާދު މި ހޭރިޔާވެގެން ދާދިއުމެއް ނިމުމަކަށް ނުގެނެވޭނެ،" ސެޕްޓެމްބަރު 20، 2023، ގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox