ބިލުތައް ތަސްދީގުކޮށް އީސީ އާއި އޭސީސީގެ ވެރިން އައްޔަނުކުރުމުގެ ބާރު ރައީސްއަށް

ސަރުކާރަށް އަހަރެއް ފުރިގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ : ސަރުކާރުން ހުށަހަޅާ ފާސްކުރި ބިލުތައް ތަސްދީގުކޮށް އީސީ އާއި އޭސީސީގެ ވެރިން އައްޔަނުކުރުމުގެ ބާރު އެމަނިކުފާނު ވަނީ ނަންގަވާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސަރުކާރަށް އަހަރެއް ފުރިގެން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ : ސަރުކާރުން ހުށަހަޅާ ފާސްކުރި ބިލުތައް ތަސްދީގުކޮށް އީސީ އާއި އޭސީސީގެ ވެރިން އައްޔަނުކުރުމުގެ ބާރު އެމަނިކުފާނު ވަނީ ނަންގަވާފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް، އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ދެ ބިލު ރައީސް ތަސްދީގުކުރެއްވީ މިއަދު ކަމަށެވެ. އެމަނިކުފާނު މިހާރު ހުންނެވީ ނުރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތުގަ އެވެ. އެނބުރި މާލެ ވަޑައިގަންނަވާނީ ހުކުރު ދުވަހު އެވެ.

އީސީގެ ގާނޫނަށް ބަދަލު ގެންނަން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ހުށަހެޅުއްވި ބިލާއި އޭސީސީގެ ގާނޫނަށް ބަދަލު ގެންނަން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ އެއްވެސް އިސްލާހެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށެވެ.

މި ބިލުތައް ތަސްދީގު ކުރުމާއެކު އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނު ކުރާނީ އެ މަގާމުތަކަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހަޅައިގެންނެވެ. އޭގެއިތުރުން އެ ބިލުތަކުގައި ވާގޮތުން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ހުށަހަޅަން ވެސް ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މި ދެ ބިލު ތަސްދީގުކޮށްފައި މިވަނީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ދެ ޕާޓީން ވެސް ބުނެފައި ވަނީ މި އިސްލާހުތަކާއެކު އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވުމުގެ ބާރު ރައީސްއަށް ލިބޭނެ ކަމަށެވެ.

ގާނޫނަށް ބަދަލު ހުށަހެޅުމާއެކު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދުދެއްވާ ރައީސް މުއިއްޒު ވަނީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ބާރުތަކާއި، މިނިވަން މުއައްސަސާއަތައް އަދި އިންތިހާބުކުރެވޭ ބަޔަކަށް އެމަނިކުފާނު މިހާތަނަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނުފޯރުވާނެ ކަމަށެވެ.

ނަމަވެސް އެތަންތަން އިސްލާހު ކުރަން ގާނޫނަށް ގެންނަން ޖެހޭ ކަމަށް ފެންނަ ބަދަލުތައް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox