ނަޝީދުއާ ބައްދަލު ކުރި ވާހަކަ އަބްދުއްރަހީމް ދޮގު ކުރައްވައިފި

Nov 26, 2024, 7:26 AM
އަބްދުއްރަހީމް: ވިދާޅުވީ ނަޝީދުއާ ބައްދަލު ނުކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އަބްދުއްރަހީމް: ވިދާޅުވީ ނަޝީދުއާ ބައްދަލު ނުކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދުއާ ބައްދަލު ކުރި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދޮގު ކުރައްވައިފި އެވެ.

ވެރިކަން ހިންގާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނަޝީދުއާ ބައްދަލު ނުކުރައްވާ ކަމަށާއި ބައްދަލު ކުރެއްވި ކަމަށް މި ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ދޮގެއް ކަމަށެވެ.

އަބްދުއްރަހީމް، ނަޝީދުއާ ބައްދަލު ކުރެއްވިތޯ ހަބަރު ޕަބްލިޝް ކުރުމުގެ ކުރިން އަހަން މި ނޫހުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ކޮމެންޓެއް ދީފައެއް ނުވެ އެވެ. ނަމަވެސް އަބްދުއްރަހީމް، ނަޝީދުއާ ބައްދަލު ކުރައްވާ ކަމަށް ފަހުން ވިދާޅުވި އެވެ.

ނަޝީދުއާ ބައްދަލު ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަގުތު ހުންނެވީ ނުރަސްމީީ ދަތުރެއްގައި އިނގިރޭސިވިލާތުގަ އެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މި އަހަރު ކުރީކޮޅު އިސްތިއުފާ ދެއްވުމަށްފަހު ނަޝީދު މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. ގާނާއަށް ވަޑައިގެންނެވީ އެމަނިކުފާނު އިސްވެ އުފެއްދެވި ކްލައިމެޓް ވަލްނެރިބިލިޓީ ފަންޑު (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަގާމު އަދާކުރެއްވުމަށެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނަޝީދު ވަނީ މާލެ ވަޑައިގެންފަ އެވެ. ގާނާއަށް ދިރިއުޅުން ބަދަލު ކުރެއްވިފަހުން މީގެ ކުރިން ވެސް ނަޝީދު މާލެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox