ޒުވާނުން ބާރުވެރިކުރަން މިލިޓަރީ ތަމްރީނު ދޭންޖެހޭ: ހުސައިން ޝަރީފް

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސްހ

ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސްހ

ދިވެހި ޒުވާނުން ބާރުވެރިކޮށް ކުޅިވަރު ކުރިއެރުވުމަށްޓަކައި ސްކޫލްތައް ނިންމާ ދަރިވަރުންނަށް މިލިޓަރީ ޓްރެއިނިން ދޭންޖެހޭ ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުޅިބަރާ ބެހޭ ބިލަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން ހުސައިން ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ މަދަރުސާތަކުން ކިޔަވައިގެން ނުކުންނަ ހުރިހާ ކުދިންނަކީ މަތީ ފާސް ލިބޭ ކުދިން ނޫން ކަމަށެވެ. މަތީ ފާސް ނުލިބޭ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށް ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒުވާނުން ރަނގަޅަށް ބާރުވެރި ކުރުވުމަށްޓަކައި ކުޅުވަރުން ވެސް ކާމިޔާބު ހޯދުމަށްޓަކައި ސްކޫލްތައް ނިމޭ ކުދިން، ހާއްސަކޮށް މީގެ ތެރެއަށް އަޅުގަނޑު ލާން ބޭނުން ދިވެހި ގައުމަށް ހިދުމަތް ކުރަން އަންނަ ކުއްޖަކު ވެއްޖެއްޔާ އެ ކުއްޖެއްގެ ފަހަތުގައި މިލިޓަރީ ޓްރެއިނިން އެ ކުއްޖަކަށް ވަރަށް ފުރިހަމައަށް ލިބިފައިވާ ކުއްޖެއްގެ ގޮތުގައި ގާނޫނުގެ ތެރެއިން އެބަޖެހޭ ގެނުވާފައި ހަދަން،" ހުސައިން ޝަރީފް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެންގެ ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑުމެންގެ ވެށި ވެސް އަމާން ވާނެ، އަޅުގަނޑުމެންނަށް ރަނގަޅު ޖީލެއް ވެސް ބިނާ ކުރެވޭނެ، އަޅުގަނޑުމެންގެ ގައުމަށް ވަފާތެރި، ކިޔަމަންތެރި، އެކަކު އަނެކަކަށް ލޯބި ކުރާ އިހުތިރާމު ކުރާ ޖީލެއް ވެސް ބިނާވެގެން ދާނެ،"

އޭނާ ވިދާޅުވީ މީގެ ކުރިން މިލިޓަރީ ޓްރެއިންނިންތައް ހަދައިގެން ނުކުމެ ތިބި މީހުންގެ އަހުލާގީ ފެންވަރު އެއްހަމައެއްގައި ރަނގަޅަށް ހިފެހެއްޓިފައި ހުރި ކަމަށާއި އެމީހުންގެ ކިބައިގައި ވެރިންނަށް ކިޔަމަންވުން ވެސް އަށަގެންފައި ހުރި ކަމަށެވެ.

ނަމަވެސް ދިވެހިންގެ އާދަކާދަ އާއި އުޅުމާއި ގުޅުމަށް ގެނައި ބަދަލުގެ ސަބަބުން ޒުވާނުންގެ މެދުގައި ބަލިތައް އިތުރުވެފައިވާ ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި އަހުލާގު ރަނގަޅު މުޖުތަމައުއެއް ބިނާކުރެވިގެން ނޫނީ ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑީ ހާސިލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޒުވާނުން ބާރުވެރި ކުރުވުމަށް މިހާރު ކުރަނީ ކޮން ކަމެއްތޯ؟ ބަދަލުވި އާދަކާދައިގެ ތެރެއިން ފެންނަނީ ސްކޫލް ނިންމުމަށްފަހު ދެ ޖިންސުގެ އުމުރު ފުރާވަރުގެ ކުދިން ނެށްޓުވުމަށްޓަކައި ތަފާތު އެކި ރާގުރާގަށް ބޮޑުބެރާ އެއްޗެހި ޖަހައިގެން އަޅުގަނޑުމެންނަށް އޭގެތެރެއިން ހޯދެނީ ކޮން ނަތީޖާއެއްތޯ؟" ހުސައިން ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ ކުޅުވަރުގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި އެއްކޮށް ގައުމުގެ ހިންގުން ވެސް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަންވީ ދަންވަރަށް ފޮޅޭހެން އަޅުގަނޑުމެންގެ ޒުވާނުން ނުފޮޅުވައި އަޅުގަނޑުމެން ވީ އަޅުގަނޑުމެންގެ މުޅި ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ އާދަކާދަ ވެސް ބަދަލު ކުރަން، އާދެ އަޅުގަނޑުމެންގެ ސްކޫލުތައް ހެނދުނު ހެނދުނާ ފެށޭގޮތަށް އަޅުގަނޑުމެންގެ ޒުވާނުން އެބަޖެހޭ ރޭގަނޑު ބުޅާ ނިދާ އުސޫލުން ނުނިންދަވައި އެމީހުން ކުރިން ނިދާ [ގޮތަށް] ފަތިހު އެމީހުންގެ ޒިންމާއާ އެއްގޮތަށް އެމީހުންގެ މަސްއޫލިއްޔާތަށް އެމީހުން ނެރެވޭނެ ގޮތްތައް ހަދަން،" ހުސައިން ވިދާޅުވި އެވެ.

މެންބަރު ހުސެއިން މިހެން ވިދާޅުވިއިރު އަންނަ އަހަރުގެ ތެރޭގައި ސިފައިންގެ ތަމްރީނު ހޯދަން ބައެއް ޒުވާނުންނަށް މަޖުބޫރުވާ ގޮތަށް ތަމްރީނު ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox