ޑި ބްރޭނާގެ އާ ކޮންޓްރެކްޓް ވާހަކަތައް މަޑުޖެހިފައި

Nov 26, 2024, 4:30 AM
ޑި ބްރޭނާގެ އާ ކޮންޓްރެކްޓް ވާހަކަތައް މަޑުޖެހިފައި

މެންޗެސްޓާ (ނޮވެމްބަރު 26) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާއާ އެކު ސިޓީން ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ ވާހަކަތައް މަޑުޖެހިފައިވާ ކަަމަށް ބުނެފި އެވެ.

ޑި ބްރޭނާ، 33، ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ސިޓީން މި ސީޒަން ފެށިގެން ޑި ބްރޭނާގެ އެއްބަސްވުން އާ ކުރަން ވާހަކަ ދައްކަމުން އައި ނަމަވެސް، ސެޕްޓެމްބަރު މަަހު އޭނާ އަށް ދިމާވި ފަލަމަސްގަނޑުގެ އަނިޔާގެ ކަންކަމާ ހެދި މަޝްވަރާތައް މަޑުޖައްސާލީ އެވެ.

އަނިޔާގެ މައްސަަލައާ ހެދި މި ސީޒަނުގައި ޑި ބްރޭނާ އަށް އަދި ކުޅެވުނީ ނުވަ މެޗެވެ. ފިޓްނަސް ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ޑި ބްރޭނާ، އެންމެ ފަހުން ސިޓީން ކުޅުނު ތިން މެޗުގައި ވެސް ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"ސީޒަން ފަށައިގެން އަހަންނަށް އެނގުނު ކޮންޓްރެކްޓްގެ ވާހަކަތައް ކުރިއަށްދާނެކަން، ދެން، އެކަަމަކު، ސެޕްޓެމްބަރު މަހު، ބްރެންޓްފޯޑް މެޗުގައި އަހަންނަށް އަނިޔާވެ، އެ ފަހުން، ވާހަކަތައް މި ވަނީ މަޑުޖެހިފައި،" ޑި ބްރޭނާ ބުންޏެވެ.

އަނިޔާގެ މުއްދަތުގައި އެ ހޭދަވި ވަގުތުގައި ފޯކަސްކުރީ ރިކަވަަރީ އަށް ކަމަށާއި މިހާރު އެނބުރި އައިސް ފިޓްނަސް އަށް މަސައްކަތްކުރަމުން އަންނައިރު، ކޮންޓްރެކްޓް ކަންކަމާ ނުވިސްނައި، ރަނގަޅު ކުޅުމެއް ދައްކައި، ކުރީގެ ފޯމަށް އެނބުރި އައުމަށް މަސައްކަތްކުރާ ކަމަށް ޑި ބްރޭނާ ވަނީ ބުނެފަ އެވެ.

"ކޮންޓްރެކްޓްގެ ވާހަކަތައް އަލުން ފަށާނަން. ދެން، އެ ވާހަކަތައް ނުދައްކައިފިއްޔާ މިއީ އަހަރެން ސިޓީގައި ފެންނާނެ ފަހު އަހަރު، އަބަދުވެސް މުސްތަގުބަލުގެ ވާހަކަ ދައްކަން ބޭނުމީ ވަރަށް ހަަމަޖެހިލައިގެން ހުރެ،" ޑި ބްރޭނާ ބުންޏެވެ.

ސިޓީގައި މި ވަގުތު ޑި ބްރޭނާ ހުރީ ހަފްތާ އަކު، 420،000 ޑޮލަރު ލިބޭ ގޮތަށެވެ. އެ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކުރަން އުޅޭ ވާހަކަ މީޑިއާގައި ދެކެވެ އެވެ.

ޖަރުމަނުގެ ކުލަބް ވުލްފްސްބާގް އިން ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އަށް ވެސް ކުޅުނު ޑި ބްރޭނާ ވަނީ ސިޓީ އަށް، 2015 ވަނަ އަހަރު ބަދަލުވުމަށް ފަހު އެ ޓީމާ އެކު، ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އަދި ދެ ފަހަރު ޕްރިމިއާ ލީގުގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox