މާފަންނު ގެއެއްގެ 10 ވަނަ ބުރީގައި ރޯވި އަލިފާންގަނޑެއް ނިއްވާލައިފި

Nov 25, 2024, 2:59 PM
އަލިފާން ރޯވި ގޭގައި ފުލުހުން ހަރަކާތްތެރިވަނީ: ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ނިއްވާލާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އަލިފާން ރޯވި ގޭގައި ފުލުހުން ހަރަކާތްތެރިވަނީ: ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ނިއްވާލާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މާފަންނުގައި ހުރި ގެއެއްގެ 10 ވަނަ ބުރީގައި މިރޭ ރޯވި ބޮޑު އަލިފާންގަނޑެއް ސިފައިން ނިއްވާލައިފި އެވެ.

މ. ނިޔަދުރުމާގޭގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންނުވާކަން މިހާތަނަށް އެނގިފައިވެ އެވެ. އެކަމަކު، އެ ހާދިސާއާ ގުޅިގެން އަދި ސިފައިންގެ ބަހެއް ނުލިބެ އެވެ.

އަލިފާން ރޯވީ މީހުން ދިރިނުއުޅޭ، އޮފީހެއް ނުވަތަ ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ބުރިއެއްގައި ކަމަށް މިހާތަނަށް އެނގިފައިވެ އެވެ.

އަލިފާންގަނޑު ރޯވެފައިވާ މަންޒަރުގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއިން ފެންނަ ގޮތުގައި ވަރަށް ބޮޑަށް ހުރީ އިމާރާތުގެ 10 ވަނަ ބުރީގައި ހުޅުގަނޑު ހިފައިފަ އެވެ.

އަލިފާން ރޯވި ގެ ހުންނަނީ މާވެޔޮމަގުގައި ހުންނަ ފަތަހަސުންބުލި ފިހާރައާ ޖެހިގެން ހުންނަ ހިމަ ގޯޅީގަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އެހީތެރިކަން ދޭންޖެހޭތޯ އެންޑީއެމްއޭ އިން މިހާރު ދަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox