ސަލާހަށް އާ ކޮންޓްރެކްޓެއް ނުދޭތީ ލިވަޕޫލް ދޫކޮށްލަނީ

Nov 25, 2024, 10:45 AM
ސަލާހަށް އާ ކޮންޓްރެކްޓެއް ނުދޭތީ ލިވަޕޫލް ދޫކޮށްލަނީ

ލިވަޕޫލް (ނޮވެމްބަރު 25) - ލިވަޕޫލުން މިހާތަނަށް އޭނާ އަށް އާ ކޮންޓްރެކްޓެއް ނުދޭ ކަމަށާއި މިހާރު އޮތް ހާލަތަށް ބަލާއިރު އޭނާ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑު ކަމަށް ލިވަޕޫލްގެ މިސްރު ފޯވާޑް، މުހައްމަދު ސަލާހު ބުނެފި އެވެ.

މިއީ، މި ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި ސަލާހު، 32، އެ ކްލަބްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދެއްކި ދެ ވަނަ ފަހަރެެވެ. ރޭ ސައުތެމްޓަން އަތުން ލިވަޕޫލް މޮޅުވި މެޗުގައި ދެ ގޯލު ޖެހި ސަލާހު ބުނެފައިވަނީ، މިހާތަނަށް އައިއިރު ލިވަޕޫލްގެ ފަރާތުން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަނާޅާ ކަމަށެވެ.

"އެހެން އެ ކަންތައް އޮތުމުން އަހަރެން މި ބުނަނީ، މި ކްލަބްގައި މަޑުކުރުމަށް ވުރެ ބޮޑަށް ދިއުމުގެ އޭ ފުރުސަތު ބޮޑީ،" ރޭ ސައުތެމްޓަން މެޗަށް ފަހު ސަލާހު ބުންޏެެވެ.

"އަހަރެން މި ކްލަބްގައި ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ، އަހަރެން ސަޕޯޓަރުން ދެކެ ވަރަށް ލޯބިވޭ، މިއީ، ހަގީގަތުގައި ސަޕޯޓަރުންގެ ކަމެއް ނޫން، މިއީ ކްލަބުން އަންނަން ޖެހޭ ކަމެއް، އަހަންނާއި ލިވަޕޫލް ސަޕޯޓަރުންގެ ގުޅުން އަބަދުވެސް ރަނގަޅު. މި ކަން މި އޮތީ އަހަރެން އަތުގައި ވެސް އަދި ސަޕޯޓަރުން އަތުގައެއް ވެސް ނޫން،"

ސަލާހު ވަނީ އޭނާ އަށް މި ކަމުގައި ލިވަޕޫލްގެ ފަރާތުން ލިބޭ އެއްބާރުލުން އެންމެ ރަނގަޅެއް ނޫން ކަމަށެވެ.

ލިވަޕޫލާ 2017 ވަނަ އަހަރު ގުޅުނު ސަލާހު، އެންމެ ފަހުން އެ ޓީމުގެ ކޮންޓްރެކްޓް އާ ކުރީ، 2022 ވަނަ އަހަރު އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ. ހަފްތާ އަކު، 370،000 ޑޮލަރު ލިބޭ އެއްބަސްވުން، އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ސަލާހަށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ސައުދީގެ އަލް އިއްތިހާދުން ހުށަހެޅި 200 މިިލިއަން ޑޮލަރުގެ ޑީލެއް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ސަލާހުގެ އިތުރުން، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އާއި ވާޖިލް ވެން ޑައިކް ވެސް ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ލިވަޕޫލުން ވެން ޑައިކާއި އާނޯލްޑްއާ އެކު އަންނަނީ ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox