ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދެވޭނީ ޕީއެންސީގެ މެންބަރުންގެ މަޖިލީހުން

މި ވެރިކަމަށް އަހަރެން ފުރުން ފާހަގަ ކުރަން މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މި ވެރިކަމަށް އަހަރެން ފުރުން ފާހަގަ ކުރަން މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ދެ ވަނަ ދައުރަކަށް ވާދަ ކުރައްވަން ބޭނުން ވެއްޖެ ހާލަތުގައި، އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ނުބޭއްވިޔަސް، ރިޔާސީ ޓިކެޓު ދެވޭނީ މެންބަރުންގެ މަޖިލީހުން ފާސްކޮށްގެނެވެ.

ޕީއެންސީގެ ޗެއާޕާސަން، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނަނީ "ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ" ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ގޮތް ޕީއެންސީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

Advertisement

އެ ގަވާއިދުގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ، އެ މެންބަރަކަށް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން ނިންމިދާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ނަމުގައި ވާދަކުރުމާމެދު ވެސް ގޮތެއް ނިންމާނީ މެންބަރުންގެ މަޖިލީހުންނެވެ. ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވާދަ ކުރައްވާނަމަ ޕްރައިމަރީ ބާއްވާނަންތޯ އާއި، ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭނީތޯ ނިންމާނީ ވެސް މެންބަރުންގެ މަޖިލީހުންނެވެ. އަދި ރަނިންމޭޓަށް ވެސް އެ މަޖިލީހުގެ ރުހުން އޮންނަންޖެހެ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީން އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދާނަމަ، ރިޔާސީ ޓިކެޓު އެހެން ޕާޓީއެއްގެ މެންބަރަކަށް ދިނުމަށް އަސާސީ ގަވާއިދު ހުރަހެއް ނާޅަ އެވެ.

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގައި 100 އަށް ވުރެ ގިނަ މެންބަރުން ތިއްބަވަ އެވެ. އެ މަޖިލީސް އެކުލެވިގެން ވަނީ ޕާޓީގެ ރައީސް، ޕާޓީގެ ޗެއަރޕާސަން، ޕާޓީގެ ނާއިބު ރައީސުން، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވި މެންބަރުން، ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ޕާޓީގެ ރެޖިސްޓްރާ، ޕާޓީގެ ޓްރެޝަރާ، އަދި ޕާޓީގެ މަތީ މަޖިލީހުން އިންތިހާބުކުރާ 38 އާންމު މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox