އާޒިމުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލަށް ބޮޑު މުސާރާގައި އަށް ކޮންސަލްޓަންޓުން

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް އާދަމް އާޒިމް ވަޑައިގެންނެވި ފަހުން ސިޓީ ކައުންސިލަށް ބޮޑު މުސާރާގައި އަށް ކޮންސަލްޓަންޓުން ނެގިކަން ހާމަވެއްޖެ އެވެ.

މޭޔަރުކަމުގައި ގިނަ އަދަދެއްގެ ކޮންސަލްޓަންޓުން ނެގި ވާހަކަ އެންމެ ފުރަތަމަ ތިލަކުރެއްވީ ވެސް އާޒިމް އެވެ. އޮކްޓޯބަރު 13، ގައި އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ މޭޔަރު ކަމަށް ވަޑައިގެންނެވި ފަހުން 15 ކޮންސަލްޓަންޓުން ނެންގެވި ކަމަށެވެ.

މިއާއެކު ހަމަ އެ ދުވަހު ކޮންސަލްޓަންޓުންގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ވާނީ އެދިފަ އެވެ. މި ހުށަހެޅުމުގެ ދަށުން ސިޓީ ކައުންސިލުން ދޫކޮށްފައިވަނީ އަށް ކޮންސަލްޓަންޓެއްގެ މައުލޫމާތެވެ. އެ މީހުންގެ މުސާރައަށް މަހެއްގެ މައްޗަށް 261،000ރ. ހަރަދުވެ އެވެ.

ކޮންސަލްޓަންޓުން ނެގި ތާރީހެއް އަދި އެ މީހުންނާއެކު ހަދާފައިވާ އެއްބަސްވުން ނިމޭ ތާރީހެއް ވެސް ސިޓީ ކައުންސިލުން ދީފައެއް ނުވެ އެވެ. އެހެން ކަމުން މި ކޮންސަލްޓަންޓުންގެ ކޮންޓްރެކްޓުގެ ޖުމްލަ އަގެއް ސާފެއް ނުވެ އެވެ.

ފައިނޭންޝަލް ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: މުހައްމަދު ޝާހިދު

މުސާރަ: މަހަކު 35،000ރ.

ރިޕޯޓު ރައިޓިން ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: ހަބީބު ޒާހިރު

މުސާރަ: މަހަކު 35،000ރ.

ސިވިލް އިންޖިނޭރިން ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: މުހައްމަދު ޝަރީފު

މުސާރަ: 35،000ރ.

ސޯޝަލް ވެލްފެއާ ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: މުހައްމަދު ޝިހާބު

މުސާރަ: 35،000ރ.

އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: މަރިޔަމް ނާޒިމާ

މުސާރަ: 28،000ރ.

އިތުރުވަގުތުގެ އިނާޔާތް: މުސާރައިގެ 50 އިންސައްތަ

މެނޭޖްމަންޓު ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: ރަމްޒީ އަބޫބަކުރު

މުސާރަ: 30،000ރ.

އިތުރުވަގުތުގެ އިނާޔާތް: މުސާރައިގެ 50 އިންސައްތަ

އިންފޮމޭޝަން ޓެކްނޮލޮކީ ކޮންސަލްޓަންޓު

މަގާމު ދިން ފަރާތް: ޔަމީން މުހައްމަދު

މުސާރަ: 35،000ރ.

އިތުރުވަގުތުގެ އިނާޔާތް: މުސާރައިގެ 50 އިންސައްތަ

މީޑިއާ އެގްޒެކެޓިވް

މަގާމު ދިން ފަރާތް: އަލީ ހާލިދު

މުސާރަ: 28،000ރ.

އިތުރުވަގުތުގެ އިނާޔާތް: މުސާރައިގެ 50 އިންސައްތަ

ސިޓީ ކައުންސިލުން ދިން މައުލޫމާތާއި އާޒިމް ވިދާޅުވި އަދަދާ ދިމާނުވާތީ މި ނޫހުން މިހާރު ވާނީ އާރުޓީއައި ޖަވާބު، އެ އިދާރާގެ މުރާޖައާ ކޮމިޓީއަށް ހުށަހަޅާފަ އެވެ. މިހާތަނަށް އެ ހުށަހެޅުމަށް ޖަވާބެއް ނުލިބެ އެވެ.

ސިޓީ ކައުންސިލްގެ ކޮންސަލްޓަންޓުންގެ ގޮތުގައި މީގެ ކުރިން ތިބި މީހުންގެ މުސާރަ އާއި އިނާޔަތްތައް މި ނޫހުން ވާނީ ކުރިން ހޯދާފަ އެވެ. އޭގެ ތެރޭގައި 18،000ރ. އިން ފެށިގެން 45،000ރ. އާ ހަމައަށް މަހު މުސާރަ ލިބުނު ކޮންސަލްޓަންޓުންނާއި ފީ ލިބުނު ކުންފުނިތައް ހިމެނެ އެވެ.

މާލެ ސިޓީގެ މޭޔަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ވެސް ކޮންސަލްޓަންޓުންގެ ގޮތުގައި ބޮޑު މުސާރަ ދީ އެމަނިކުފާނުގެ އަރިސް، ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ނެގި މައްސަލަ ފެންމަތިވި އެވެ.

އޭގެ ތެރެއިން ގިނަ ކޮންސަލްޓަންޓުން މިހާރު ތިބީ މި ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ.

އޭގެ ތެރޭގައި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އާއި ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ކުންފުންޏާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އަދި ރައީސް އޮފީހުގެ ފޮޓޯގްރާފަރު އެލީޒް އަލީ މުހައްމަދު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox