ގާނޫނުއަސާސިއަށް ގެންނަ ބަދަލުތަކަކީ ރިޔާސީ ދައުރު ދިގު ދަންމައިލަން ކޮށާ މަގެއް: ގަފޫރު

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ -- ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްގަފޫރު މޫސާ -- ފޮޓޯ: ރައްޔިތުންގެ މަޖިިލިސް

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ ރިޔާސީ ދައުރު ދަންމައިލަން ކޮށާ މަގެއް ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލިސް ގޮނޑި ގެއްލޭ އިސްލާހު ދިރާސާ ކުރުމަށް މިހާރު ކުރިއަށްދާ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ފުރަތަމަ ބަދަލު މި ގެންނަނީ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ރިޔާސީގެ ދައުރު ވެސް ދަންމައިލާނެ ކަމަށް ގަފޫރު ތުހުމަތު ކުރެއްވި އެވެ.

"ފުރަތަމަ މި ބަދަލު ގެންނާނީ ދެން އެއަށްފަހު ރައީސްކަމުގެ ދައުރު ވެސް ދަންމައިލާނެ، ދެން ހުރި ކަންތައްތައް ވެސް ކުރާނެ އިއްޒަތްތެރި ރައީސް، އެކަން ކުރުމަށްޓަކައި ކޮށަމުންދާ މަގެއް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، މިއީކީ ބަލައިގަނެވޭނެ ކަމެއް ނޫން އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.

އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމުގެ މަސައްކަތް ކުރަމުން ދަނީ ބާރާއި ނުފޫޒު އޮތްކަން ރައްޔިތުންނަށް ދައްކައި ބިރު ދެއްކުމަށް ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.

"ގާނޫނު އަސާސީއަށް މިއަދު މި ގެނެވޭ އިސްލާހަކީ މިއީ ވަރަށް ނުރައްކާތެރި އިސްލާހެއް އިއްޒަތްތެރި ރައީސް، މި އިސްލާހު ގެނައުމުގެ ބޭނުމަކީ ރައްޔިތުންނަށް ބިރުދެއްކުން، ކަނޑައެޅިގެން މި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ ބޭނުންހައި ކަމެއް ކުރެވޭ ގޮތަށް މަޖިލީހުގެ ތަޅުން އޮތް އިރުގައި މިއަދު ގާނޫނުއަސާސީއަށް ގެންނަ ބަދަލަކީ އަޅުގަނޑު ހަމަ ކުރިން ދެންނެވިހެން ކަނޑައެޅިގެން ބިރުދައްކަން ހިންގާ އަމަލެއް އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.

މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަސައްކަތް ކުރަމުންދާއިރު، އެ އިސްލާހާ ގުޅިގެން އިދިކޮޅު މެންބަރުންނާއި މިނިވަން މެންބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox